ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.
01. މަޤާމު |
އެސިސްޓެންޓް ޕްރޮކިޔުމަންޓް އޮފިސަރ |
|
ބޭނުންވާ އަދަދު |
1 |
|
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް (1 އަހަރު) |
|
މަޤާމު ނަންބަރު |
J-247101 |
|
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
|
ރޭންކް |
ޖީ.އެސް.3 |
|
މުސާރައާއި ޢިނާޔަތްތައް |
|
|
މުސާރަ |
-/4465 ރުފިޔާ |
|
ސަރވިސް އެލަވަންސް |
-/1500 ރުފިޔާ |
|
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލާއެއްގޮތަށް ހަމަޖައްސައިދެވޭނެއެވެ. |
|
އިތުރުގަޑި: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން |
||
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ސެކްޝަން / ޕްރޮކިޔުމަންޓް ޔުނިޓް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
||
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- ތަކެތި ހޯދުމަށާއި މަސައްކަތްކުރުވުމަށް ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ވަގުތަށް އެކަމަށް ބޭނުންވާ އެންމެހައި ތައްޔާރީތައް ވުމާއި، މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އެ ފަރާތްތަކަށް ސާފުވާނެހެން ތެދު މަޢުލޫމާތު ދިނުމާއި، ދުވަހުގެ ޔައުމިއްޔާ ނެގުމަށްފަހު ޔައުމިއްޔާ ފާސްކުރުވުމާއި، އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ދުވަހަށް ނިންމަޖެހޭ އެންމެހައި ލިޔެކިޔުންތައް ނިންމުމާއި، އަންދާސީހިސާބު ހުށަހަޅާ ދުވަހުގެ ޔައުމިއްޔާ ނެގުމާއި، ހުށަހަޅާފައިވާ އަންދާސީހިސާބުތައް އިވެލުއޭޓްކުރުމަށްޓަކައި ކޮމިޓީގެ ބައްދަލުވުންތަކުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބައިވެރިވުމާއި މަސައްކަތް ޙަވާލުކުރުމުގެ އެގްރީމަންޓް ހެދުމާއި އިވެލުއޭޝަން ކޮމިޓީގެ ޔައުމިއްޔާ ލިޔުން. 2- ޚިދުމަތާއި ތަކެއްޗަށް އެދޭ ފޯމު ޕްރޮކިއުމަންޓަށް ލިބޭތާ ލަސްވެގެން 02 ދުވަހުގެ ތެރޭގައި ހޯދުމަށް އެދިފައިވާ ތަކެތި ގެނައުމުގެ ގޮތުން އަގު ބަލައި، ކޯޓޭޝަން ހޯދަންޖެހޭ އެއްޗެއްކަމުގައިވާނަމަ ކޯޓޭޝަން ހޯދައި، ހުއްދަ ހޯދަންޖެހޭ އެއްޗެއް ކަމުގައިވާނަމަ ގަވާއިދާ އެއްގޮތަށް ހުއްދަ ހޯދުމަށްފަހު މަސައްކަތާއި ތަކެއްޗަށް ޕީ.އޯ ހެދުމަށްފަހު ތަކެތި ބޭނުންވާ މުއްދަތަށް އޮފީހަށް ގެނައުން. 3- އޮފީހަށް ލިބޭ ފައިސާއާއި، ފައިސާއާބެހޭ ކައުންޓަރުތަކުން ކޮންމެ ދުވަހަކު ބަލައިގަންނަ ފައިސާ ޖަމާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން. 4- އޮފީހުގެ ރެވެނިއު އެކައުންޓް ބެލެހެއްޓުމުގައްޔާއި، ހަފުތާ ނިމުމުން ތިޖޫރި ރިޕޯޓު ތައްޔާރުކުރުމުގައްޔާއި، މަސްނިމުމުން އާމްދަނީ ރިޕޯޓް ތައްޔާރުކުރުމުގައްޔާއި، އަދި އެކައުންޓްތަކުގެ ރިޕޯޓުތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމުގައި އެހީތެރިވުން. 5- އޮފީހަށް ހޯދަންޖެހޭ ތަކެތީގެ ތެރެއިން ހަރުމުދާ ހޯދުމަށް އެދޭތާ ލަސްވެގެން 02 ދުވަހުގެ ތެރޭގައި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ތަކެތި ހޯދުމަށްޓަކައި މާލީ ޒިންމާދާރުވެރިޔާގެ ހުއްދަ ހޯދުމާއި، ދަތުރުކުރުމަށާއި، -/25000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ހޯދުމާއި، މަސައްކަތްކުރުވުމަށް އިޢުލާންކުރުމުގެ ކުރިން މާލީ ޒިންމާދާރުވެރިޔާގެ ހުއްދަ ހޯދުމަށްފަހު އިޢުލާންކުރުން. 6- އޮފީހުގައި ކުރަންޖެހޭ އެކިއެކި މަރާމާތްތައް ދެނެގަނެ އެކަންކަން ވީ އެންމެ އަވަހަކަށް ޙައްލުކުރުމަށް ވެރިންގެ އިރުޝާދާއެކު މަސައްކަތް ކުރުން. 7- އޮފީހަށް ލިބިފައިވާ ތަކެތީގެ ބިލު ލިބޭތާ 1 ދުވަހުގެ ތެރޭގައި އެ ބިލާގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ އަސްލު ހަމަކުރުމަށްފަހު ޕެއިމަންޓް ހެދުމަށްޓަކައި ޕޭމަންޓް ހަދައި މުވައްޒަފާ ޙަވާލުކުރުމާއި އެ ޑޮކިއުމަންޓްތަކުގެ ކޮޕީ ހަމަކޮށް ދުވަހުން ދުވަހަށް ފައިލުކޮށް ބެލެހެއްޓުން. 8- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
|
މަޤާމުގެ ޝަރުޠުތައް |
||
އަސާސީ ޝަރުޠު |
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓުއިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. |
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަނާއި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން |
||
އިންޓަރވިއު ކުރުން: |
- މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައެވެ. - އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ. - އިންޓަރވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާގުޅޭ މަޢުލޫމާތު އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ. |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
||
އެދެންވީ ގޮތާއި ސުންގަޑި |
މި މަޤާމަށް ކުރިމަތިލުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް ފުރިހަމަކުރުމަށްފަހު 2016 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ www.transport.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑުވެސް ކުރެވޭނެއެވެ. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) ރާއްޖެއިންބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ، މުއްދަތު ހަމަނުވާ ކޮޕީއެއް) 6- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ 7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 8- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. |
އިތުރު މަޢުލޫމާތު:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ބަންދުނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.
- މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ނަމްބަރު: 3343420 / 3343421 އަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.