އދ. ދިއްދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްކޫލުގެ ހޯލުގެ ޚާއްޞަ މަރާމާތުތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގައި ކްލާސްރޫމެއް ނެތުމުން އޭ.ވީ ރޫމް އަދި ވަކި ކްލާސްރޫމެއްގެ ގޮތުގައި ބޭނުންކުރެވޭނޭ ސަރަޙައްދެއް ހަދައިދޭނޭ ފާރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އެގޮތުން މި މަރާމާތުގެ ތެރޭގައި ހިމެނެނީ:

(ހ) ސްކޫލުގެ ހޯލު ނިމޭ ސަރަޙައްދުގައި 22 ފޫޓާއި 32 ފޫޓުގެ 2 ޕާޓިޝަން ޖެހުން.

(ށ) 22 ފޫޓު ޕާޓިޝަންގެ މަތީގައި 2 ކަތިފިލާ ފެންލައިޓު ހަރުކުރުން.

(ނ) ދެކޮޅު 2 ބިތް ރާނައި، ސިމެންތި ޖެހުން، އަދި 4 ކަނީގެ 2 ކުޑަދޮރު ދެފަރާތުގައި ބެހެއްޓުން.

(ރ) ހޯލުގެ އަނެއް ދެފަރާތުގައި ހުދު ސަތަރި ދެމުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު/ޕްރޮޕޯޒަލް ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބު ޤަބޫލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް، މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 6680060 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ.

13 ރަބީޢުލްއައްވަލް 1438

12 ޑިސެންބަރު 2016
ހޯދާ