ދިވެހިރާއްޖެ
އިޢުލާން
ބޮޑުފޮޅުދޫ މަދަރުސާގައި ބައެއް މަރާމާތު ކުރުމާބެހޭ
މި އިދާރާގެ ނަންބަރު:GS149/2016/23 (10 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރީމެވެ.
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ މަރާމާތުތައް ކޮށްދޭނޭ ފަރާތްތެއް ހޯދަން ބޭނުންވެއްޖެއެވެ.
- 4 ފާޚާނާގެ ދޮރުފަތް މަރާމާތުކުރުން
- ޕްރީ ސްކޫލުގެ ކްލާސްރޫމުގެ ދިޔަދޮވި މަރާމާތުކުރުން
- ސްކޫލުގެ ގޭޓް ހެދުން
- ބާ އިމާރާތުގެ ހުޅަނގުފަރާތުގެ ފާރުގައި ކަނޑައިގެން ގޮސްފައިވާތަން ބެއްދުން
- ސްޓޭޖް ކްލާސްރޫމުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ލެއްވުން
- އޮފީސް އެޑްމިންގެ ކެބިންތަކެއް ހެދުން (3 ކެބިން)
ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް |
2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 13:00 އަށް |
މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި 6660841 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.