މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލްޓީވީ ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ށ. ކަނޑިތީމު ރައްޔިތުންގެ ކޭބަލްޓީވީ ހިންގައިދޭނެ ފަރާތެއް ހޯދުމާބެހޭ

ށ. ކަނޑިތީމުގެ ރައްޔިތުންގެ ކޭބަލް ޓީވީގެ ޚިދުމަތް ރީބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ކަނޑިތީމު ރައްޔިތުންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)271-ESMS/271/2016/39 (27 ނޮވެންބަރު 2016) އިޢުލާނުގައި އަންދާސީހިސާބު ހުށަހެޅުމަށް ލިޔެވިފައިވާ ދުވަހަކީ ބަންދު ދުވަހަކަށްވާތީ، މުއްދަތު އިތުރުކުރުމަށްފަހު އިޢުލާންކުރީމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް ނެންގެވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ގަޑި

ތާރީޚު

ޓާރމްސް އޮފް ރިފަރެންސް ދޫކުރުން (ށ. ކަނޑިތީމު ކައުންސިލް އިދާރާގެ ކައުންޓަރު އަދި މެއިލުން)

ހެނދުނު 9:00 އިން މެންދުރު 12:00 އަށް.

1 ޑިސެންބަރު 2016 އިން 14 ޑިސެންބަރު 2016 އަށް.

އަންދާސީހިސާބު ހުށަހެޅުއްވުން (ށ. ކަނޑިތީމު ކައުންސިލް އިދާރާ)

ހެނދުނު 11:00

18 ޑިސެންބަރު 2016

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6540041 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މި އިދާރާގެ އީމެއިލް އެޑްރެހަށް: [email protected] ، [email protected] އީމެއިލް ކުރެއްވުމުންވެސް ލިބިލައްވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

08 ޑިސެންބަރު 2016
ހޯދާ