ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ޕްރިންސިޕަލް ހުރުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

ސްކޫލުގެ ޕްރިންސިޕަލް ހުރުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ

މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި 2017 ވަނަ އަހަރުގެ ނިޔަލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވުމާއެކު، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 13:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ، ދުވާފަރު ޕްރައިމަރީ ސްކޫލުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާއިރު އެބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ނުދުރުވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6582703 އާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އަންގައި އިޢުލާން ކުރަމެވެ.

12 ޑިސެންބަރު 2016
ހޯދާ