ދިވެހިރާއްޖެ
އިޢުލާން
ހއ.އަތޮޅުގެއާ ގުޅިފައިވާ ޢިމާރަތްތަކަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ތަކެތި ހޯދުމާގުޅޭ
މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ އެދިވަޑައިގަތުމަކަށް، ހއ.އަތޮޅުގެއާ ގުޅިފައިވާ ޢިމާރާތްތަކަށް ފަރުނީޗަރާއި އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި ތަކެތި ވިއްކަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މިކަމަށް އެދި އަންދާސީހިސާބު ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ހއ. އަތޮޅުގެއާ ގުޅިފައިވާ ޢިމާރާތްތަކަށް ފަރުނީޗަރާއި އެހެނިހެން ތަކެތި ހޯދުމާ ގުޅޭ" މިގޮތަށް ލިޔުއްވަންވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީހިސާބު ހުށަހެޅުއްވުން |
2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 11:00 |
2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ 11:00 |
ކުންފުނި، އިންވެސްޓްމެންޓް، ވިޔަފާރި އަދި އަމިއްލަ ފަރާތެއް ނަމަވެސް މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ކުންފުނި، އިންވެސްޓްމެންޓް ނުވަތަ އަމިއްލަ ފަރުދެއް ނަމަވެސް ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތް އެނގޭނޭ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލުކުރެވޭނީ އެއް ފަރާތެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ގަތުމަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބޭ ފަރާތެކެވެ.
- ތަކެތީގެ އަގަށް (% 85 އިންސައްތަ)
- ތަކެތި ފޯރުކޮށްދޭނެ މުއްދަތު (% 15 އިންސައްތަ)
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
8 ރަބީޢުލްއައްވަލް 1438