ދިވެހިރާއްޖެ
އިޢުލާން
ލޯންޗު ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން
މި ޑިޕާޓްމަންޓުން ޖަނަވަރީމަހު ބާއްވާ އޭލެވެލް އިމްތިޙާންތަކާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ސުވާލުކަރުދާސް ގެންދިއުމާއި ޖަވާބު ކަރުދާސް ގެނެސްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)120/1/2016/81 އިޢުލާނަށް އަންދާސީހިސާބު ހުށަހަޅަން އެއްވެސް ފަރާތަކުން ހާޒިރުވެލައްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.
09 ރަބީޢުލްއައްވަލް 1438