މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްތަކުގެ ސްޓްރަކްޗަރަލް ކުރެހުންތައް ޗެކްކޮށްދެއްވާނެ ފަރާތެއް ހޯދުން

އިޢުލާން

ޢިމާރާތްތަކުގެ ސްޓްރަކްޗަރަލް ކުރެހުންތައް ޗެކްކޮށްދެއްވާނެ ފަރާތެއް ހޯދުން

މި މިނިސްޓްރީއަށް ހުށަހަޅާ ބައެއް ޢިމާރާތްތަކުގެ ސްޓްރަކްޗަރަލް ކުރެހުންތައް މި މިނިސްޓްރީން ހަމަޖައްސާ މުއްދަތެއްގެ ތެރޭގައި ޗެކުކޮށްދޭނޭ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު (IUL)138-CS1/138/2016/161 އިޢުލާން ބާޠިލުކޮށް މި މަސައްކަތްކުރުމަށް ކުރިމަތިލެއްވުމުގެ ފުރުސަތު އަލުން ހުޅުވާލީމެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރާއި އެހެނިހެން ތަފުސީލާއެކު އަންނަނިވި ތާވަލުގައިވާ ގޮތުގެ މަތީން މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހަޅުއްވައި ދެއްވުން އެދެމެވެ.

ތާރީޚު

ވަގުތު

ތަފުސީލު

19 ޑިސެންބަރު 2016 (ހޯމަ)

10:00

އަންދާސީހިސާބު ހުށަހެޅުއްވުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރު 3004172 އާ ގުޅުއްވުން އެދެމެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

9 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016
ހޯދާ