ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ކޮންޓްރެކްޓް އުސޫލުން ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކޮށްފައިވާ އިޢުލާން ނަންބަރު GS146/IU/2016/38 (22 ނޮވެންބަރު 2016) އާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ ދެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ 10:00 އަށް ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ރަބީޢުލްއައްވަލް 1438