މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަގުތީ ގޮތުން ސަރވޭ ކުރުމަށް މުވައްޒަފުން ބޭނުއްވެއްޖެ

މަޤާމް :ވަގުތީ ގޮތުން ސަރވޭ ކުރުމަށް މުވައްޒަފުން ބޭނުއްވެއްޖެ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުސަތު

މަޤާމު: ވަގުތީ ގޮތުން ސަރވޭ ކުރުމަށް މުވައްޒަފުން ބޭނުއްވެއްޖެ

ބޭނުންވާ އަދަދު :30

މި މިނިސްޓްރީއިން ކުރާ ސަރވޭއަކަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީގެ ދަރިވަރުން ބޭނުންވެއެވެ.

މުއްދަތު

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވަގުތު

މުސާރަ

ބޭނުންވާ އަދަދު

3 މަސްދުވަހަށް (މުއްދަތު ހަމަވުމުން ކޮންޓްރެކްޓް އައު ކުރެވޭނެއެވެ.)

ހެނދުނު 8:00 އިން މެންދުރު 14:00 އަށް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/150ރ

މަހަކު -/100ރ ފޯނު އެލަވަންސްއަށް

30

ފެންވަރު ނުވަތަ ޝަރުޠު:

ދަށްވެގެން ޖީ.ސީ.އީ، އޯލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

ތަކެތި ހުށަހަޅަން ޖެހޭ ތާރީޙު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު/ މާލެ) ކައުންޓަރަށެވެ.

  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޑިސެންބަރު 19 ވާ ހޯމަ ދުވަހުގެ 12:00 އެވެ.

އިންޓަރވިއު ބޭއްވޭނެ މުއްދަތު:

2016 ޑިސެންބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004340 ,3004200 އަށް ގުޅުއްވުން އެދެމެވެ

  9 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016
ހޯދާ