ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްމަގު އިޖުތިމާޢީ މަރުކަޒު މަރާމާތު ކުރުމާގުޅޭ

އިޢުލާން

މިސްކިތްމަގު އިޖުތިމާޢީ މަރުކަޒު މަރާމާތު ކުރުމާގުޅޭ:

ފުވައްމުލަކު މިސްކިތްމަގު އިޖުތިމާޢީ މަރުކަޒުގެ ވަށާފާރު ރާނައި، އިމާރާތުގައި ކުރަންހުރި ބައެއް އެހެނިހެން މަރާމާތުތައް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)442-CO/442/2016/69 އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތަށް ބަދަލުތަކެއް ގެންނަން ޖެހުމާއެކު، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ އާދީއްތަދުވަހުގެ 13:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 18 ވާ އަންގާރަދުވަހުގެ 13:15 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސްތަކުގައި މިސްކިތްމަގު ކައުންސިލް އިދާރާގެ މީޓިންގރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ ވާހަކަ ދެންނެވީމެވެ.   

7 ރަބީޢުލްއައްވަލް 1438

06 ޑިސެންބަރު 2016
ހޯދާ