ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މި މިނިސްޓްރީ (IUL)459-HRM/1/2016/215 ނަންބަރު އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
މަޤާމު: |
ޑިރެކްޓަރ |
||
އޮފީސް: |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ |
މަޤާމުގެ ރޭންކް: EX 1 |
މުސާރަ: |
މަހަކު -/8835 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ |
||
މަސައްކަތް ކުރަން ޖެހޭ ތަން: |
ޖެންޑަރ އެފެއާސް ޑިޕާޓްމެންޓް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ |
||
ތަޢުލީމާއި ތަޖުރިބާ: |
1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ސޯޝަލް ސައިންސް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ސޯޝަލް ސައިންސް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 3. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ސޯޝަލް ސައިންސް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
|
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ. 3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.) 4. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމާއި، ރޭންކާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 8. ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. |
||
ސުންގަޑި: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޑިސެންބަރު 20 ވާ އަންގާރަ ދުވަހުގެ 13:30 އެވެ. |
||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
- މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ، 2016 ޑިސެންބަރުމަހާއި، 2017 ޖަނަވަރީމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ. - ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 7 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ. - މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ. ޕްރެޒެންޓޭޝަނާބެހޭ އިތުރު މަޢުލޫމާތުތައް، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ހިއްސާކުރެވޭނެއެވެ. |
||
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން: |
|
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ. |