މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑިޒައިން، ޑެވެލޮޕްމަންޓް އެންޑް މެއިންޓެނަންސް އޮފް އަ ޑޭޓާރބޭސް ފޮރ ސޮލިޑް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އޯޑިޓް އެންޑް ވޭސްޓް ޖެނެރޭޝަން އޯޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކުނި މެނޭޖްކުރުމުގެ ހާލަތު ދެނެގަތުމަށްޓަކައި ސަރވޭތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ. މި ސަރވޭތަކުގައި ކުނި މެނޭޖްކުރުމަށްޓަކައި ބޭނުންކުރަމުންދާ އާލާތްތަކާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް ޖަމާވަމުންދާ ކުނި އޮޑިޓްކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މި މަސައްކަތް އެންމެ އެދެވޭގޮތެއްގައި ކުރިއަށް ގެންދެވޭނީ މި މަސައްކަތައް ބޭނުންވާ ޚާއްޞަ ޑޭޓާބޭސްއެއް ތަރައްޤީކޮށްގެން ކަމުގައިވާތީ މިކަން ކޮށްދޭން ފަންނީ ބޭފުޅުން ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިގޮތުން ޑިޒައިން، ޑެވެލޮޕްމަންޓް އެންޑް މެއިންޓެނަންސް އޮފް އަ ޑޭޓާރބޭސް ފޮރ ސޮލިޑް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އޯޑިޓް އެންޑް ވޭސްޓް ޖެނެރޭޝަން އޯޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)438-PPS/438/2016/271) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

މި މަސައްކަތުގެ " ޓާރމްސް އޮފް ރިފެރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 19 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2016 ޑިސެންބަރު 19 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޑިޒައިން، ޑެވެލޮޕްމަންޓް އެންޑް މެއިންޓެނަންސް އޮފް އަ ޑޭޓާރބޭސް ފޮރ ސޮލިޑް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އޯޑިޓް އެންޑް ވޭސްޓް ޖެނެރޭޝަން އޯޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ނަންބަރު: IUL)438-PPS/438/2016/279)" 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

އީމެއިލް: [email protected]

ނޯޓް:

  • މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018422 / 3018343 ނަންބަރު ފޯނަށެވެ.
08 ޑިސެންބަރު 2016
ހޯދާ