ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ކުނިކޮށި ބެލެހެއްޓުމަށް ކޮންޓްރެކްޓް އުސޫލުން މީހުން ހޯދުމާބެހޭ

ވައިކަރަދޫ ކުނިކޮށީގައި މަސައްކަތްކުރުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެއެވެ.  

  • މަޤާމު:     މަސައްކަތު

ބޭނުންވާ އަދަދު:    2 (ދޭއް)

މުސާރަ:         މަހަކު -/4100 (ހަތަރުހާސް އެއްސަތޭކަ) ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކައުންސިލުގެ އިދާރާއިން އަންގާ ގޮތުގެމަތިން ކުނިގޮނޑުގެ މަސައްކަތްތައް ކުރުމާއި، މަޤާމުގެ ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

- ލިބިލައްވާފައިވާ ތަޢުލީމާއި ތަމްރީނު

- ލިބިލައްވާފައިވާ މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

މަޤާމަށް ބޭނުންވާ މީހަކު ހޮވުމަށްޓަކައި ބާއްވާ އިންޓަވިއު އޮންނާނެ ތަނާއި ގަޑި:

  • މި މަޤާމަށް މީހުން ހޮވުމަށްޓަކައި ބާއްވާ އިންޓަވިއު އޮންނާނީ ހދ. ވައިކަރަދޫ ކައުންސިލުގެ އިދާރާގައެވެ.
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މި މަޤާމުގެ ޝަރުޠު ފުރިހަމަވެ އިންޓަވިއުއަށް ހޮވުނު ފަރާތްތަކާއެކު ބާއްވާ އިންޓަވިއު، މި އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އިންޓަވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ.)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާތަކާއި މުއްދަތު އެނގޭނެ ލިޔުން
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އިންޓަވިއުއަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ.)
  • ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ (އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސްކޫލް ލީވިންގ ސެޓުފިކެޓުގެ އަސްލު ގެންނަވަންވާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި: 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520046 ނަންބަރު ފޯނަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

9 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016
ހޯދާ