ދިވެހިރާއްޖެ
މިމަރުކަޒުން އިޢުލާންކޮށްފައިވާ ނަންބަރު (10/10/2016) N9-HC/IUL/2016/02 އިޢުލާން ބާޠިލުކޮށް، އަލުން މިމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.
މަޤާމް |
މަސައްކަތު |
||
ބޭނުންވާ އަދަދު |
1 |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކު:SS1 |
މުސާރަ |
މަހަކު -/3100 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
||
ޑިވިޝަން/ ސެކްޝަން |
އެޗް. އާރު ސެކުޝަން |
||
ވަޒީފާ އަދާކުރަންޖެހޭ ތަން |
ތ. ގާދިއްފުށީ ޞިއްޙީމަރުކަޒު/ ތ. ގާދިއްފުށި |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1. ޞިއްޙީ މަރުކަޒުގެ ގޯތިތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި، ގޯތިތެރޭގައިވާ ގަސްތައް ކޮށައި ސާފުކޮށް ބެލެހެއްޓުން. 2. މަރުކަޒުގެ ގޯތިތެރެއިން ކުނީގެގޮތުގައި ނެގޭ ތަކެއްޗާއި، މަރުކަޒުގައި ކުނީގެގޮތުގައި އުކާލަންޖެހޭ ތަކެތި އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ރައްކާތެރިކަމާއެކު ނައްތައިލުން. 3. ޞިއްޙީ މަރުކަޒުގައިވާ އިމާރާތްތަކުގެ ފެންލައިޓާއި، ދޮރުފަތްތަކުގެ ބިއްލޫރިތަކާއި، ފަންކާއާއި، ހޮޅިބުރިއާއި، ފަރުނީޗަރުތައް، މަރުކަޒުން ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ސާފުކޮށް ބެލެހެއްޓުން. 4. މަރުކަޒުން ފޮނުވަންޖެހޭ ލިޔުންތަކާއި، އެފަދަ އެހެންވެސް އެއްޗެއް އެހެން އޮފީހަކަށް ނުވަތަ ތަނަކަށް ފޮނުވުމަށް ހަވާލުކުރެވިއްޖެނަމަ، އިޚުލާޞްތެރިކަމާއެކު ލަސްނުކޮށް އެކަމެއް ކުރުން. 5. އެޓެންޑެންޓަކު ބަލިވެ ސަލާމުގައި ނުވަތަ ޗުއްޓީއެއްގައި ހުންނަ ހިނދަކު ދަތިވާނަމަ، މަރުކަޒުގެ އެތެރޭގައި ފޮޅައި ސާފުކުރުމުގެގޮތުން އެޓެންޑެންޓުން ކުރަމުންދިޔަ މަސައްކަތް މަރުކަޒުން ހަމަޖައްސާ އުސޫލަކުން ފަރުވާތެރިކަމާއެކު ކުރުން. 6. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ޢާންމު ޞިއްޙަތު ކުރިއެރުވުމުގެގޮތުން ކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން. 7. މި މަރުކަޒުގެ ހައިބަތާއި ޤަދަރު ކުޑަވާފަދަ އެއްވެސް ބާވަތެއްގެ އެއްވެސް ޢަމަލެއް ނުހިންގުމާއި، މި މަރުކަޒަށް ކުރިއެރުން ހޯދުމަށްޓަކައި މަސައްކަތްކުރުމާއި، ކުރެވޭ މަސައްކަތުގައި އެހީތެރިވުން. 8. މަތީގައިވާ ކަންކަމުގެ އިތުރުންވެސް މަސައްކަތުގެ ދާއިރާއިން ގުޅޭގޮތުން މަރުކަޒުން އަންގާ މަސައްކަތެއް ކުރުން. |
||
ތަޢުލީމާއި ތަޖުރިބާ |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން. |
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
||
ޢިނާޔަތްތައް |
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ ރޭޓުން ރިސްކް އެލަވަންސް. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކެރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
||
ސުންގަޑި |
2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން މި ޞިއްޙީމަރުކަޒަށް. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
2016 ޑިސެންބަރުގައި ތ.ގާދިއްފުށީ ޞިއްޙީމަރުކަޒުގައި. |
||
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780030 ނަންބަރު ފޯނާއެވެ. |
8 ރަބީޢުލްއައްވަލް 1438