ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.
|
01. މަޤާމު |
ހިއުމަންރިސޯސް އޮފިސަރ |
|
|
ބޭނުންވާ އަދަދު |
1 |
|
|
މަޤާމު ނަމްބަރު |
J-247108 |
|
|
މަގާމުގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
|
ރޭންކް |
އެމް.އެސް.1 |
|
|
މުސާރައާއި ޢިނާޔަތްތައް |
|
|
|
މުސާރަ |
މަހަކު -/5,610 ރުފިޔާ |
|
|
ސަރވިސް އެލަވަންސް |
މަހަކު -/2,000 ރުފިޔާ |
|
|
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެއެވެ. |
|
|
އިތުރުގަޑި: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
||
|
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
ހިޔުމަން ރިސޯސް ޔުނިޓް |
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
||
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. އޮފީހުގެ ކޯސްތަކުގެ ކަންތައްތައް ބެލެހެއްޓުން - އެކިފަރާތްތަކުން އިދާރާއަށް ލިބޭ ކޯސްތަކާއި ވާރކްޝޮޕްތަކާއި، ސެމިނާރާއި، ބައްދަލުވުންތަކާއި، ސިވިލްސަރވިސް ކޮމިޝަނުން ހިންގާ ޓްރެއިނިންގތަކަށް އޮފީހުގެ ފަރާތުން ފޮނުވާ މުވައްޒަފުންގެ މަސައްކަތްތައް އިސްވެރިންގެ ލަފަޔާއިއެކު ކަނޑައެޅިފައިވާ ވަގުތަށް ހަމަޖެއްސުން. 2- މުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ޗުއްޓީއާބެހޭ ކަންތައްތަކާއި، އިތުރުގަޑީގެ ރެކޯޑްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، މަސައްކަތުގެ ޕާރފޯމަންސް ބަލައި އަޚްލާޤީ ފިޔަވަޅު އެޅުމާއި، ހާޒިރުނުވާ މުވައްޒަފުންގެ މައްސަލަ ބެލުމާއި، މުވައްޒަފުންގެ ވަޒީފާއާއި، ޕްރޮމޯޝަނާ ބެހޭ ކަންކަން ބަލަހައްޓައި، ސެކްޝަންގެ ހެޑަށް ރިޕޯޓްކުރުމާއި، މުވައްޒަފުންގެ ޕާރސަނަލް ފައިލުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އޮތޯރިޓީގެ ވަޒީފާއާގުޅޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން. 3- މުވައްޒަފުންނަށް ވަޒީފާ ދިނުމަށްޓަކައި ޖޮބް ޑިސްކްރިޕްޝަން ތައްޔާރުކުރުމާއި، ޢާއްމުކޮށް ފުރުސަތުހުޅުވުމާއި، އެޕްލިކޭޝަން ބަލައިގަތުމާއި، ޝޯޓްލިސްޓް ކުރުމާއި، އިންޓަރވިއު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ވަޒީފާއަށް މީހަކު ހޮވުމާބެހޭ މަސައްކަތްތައް ބެލެހެއްޓުމާއި، އަލަށް ވަޒީފާދޭ މުވައްޒަފުންނަށް ދޭންޖެހޭ މަޢުލޫމާތު ދިނުމާއި، ޕްރޮބޭޝަންގެ މުއްދަތުގެ ތެރޭގައި މަސައްކަތްކުރުމަށް ގެންދާ ގޮތް ބެލެހެއްޓުން. 4- މުސާރަ ދިނުމުގައި އެޗް.އާރ އިން ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިންމުމާއެކު، ސްޓޭޓަސް އަޕްޑޭޓް ކުރުމުގެ މަސައްކަތާއި، މުސާރަދިނުމުގެ މަސައްކަތްތަކާއި، ޕްރިންޓް ކުރުމުގެ މަސައްކަތާއި، ޗެކުކުރުމުގެ މަސައްކަތްކުރުން. 5- މިނިސްޓްރީގެ އިދާރީ އެކިއެކި މަސައްކަތް / ހިއުމަން ރިސޯސަސްގެ މަސައްކަތް - އޮތޯރިޓީން އެކި އޮފީސްތަކަށާއި އެހެނިހެން ތަންތަނަށް އެކިއެކި ކަންކަމުގައި ފޮނުވާ ސިޓީ، މެމޯ، ނޯޓް ފަދަ ތަކެތި، ފޮނުވަންޖެހޭ ވަގުތަށް ފޮނުވުމާއި، މުވައްޒަފުންނާ ގުޅުންހުރި، ސިވިލް ސަރވިސްއަށް ފޮނުވަންޖެހޭ ލިޔުންތައް ވެރިންގެ ލަފާގެ މަތިން ދުވަހުން ދުވަހަށް ފޮނުވުން. 6- ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވާ ސަރކިއުލަރތަކާއި، ސަރކިއުލަރ ނޯޓާއި، ސިޓީތަކާ ގުޅިގެން ޒިންމާދާރު އިސްވެރިޔާގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ވަޒީފާއާބެހޭ ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސަރކިއުލަރތަކުގައި ހިމެނޭ މަޢުލޫމާތު ދެނެގަނެ، އެ މަޢުލޫމާތުތައް މުވައްޒަފުންނާއި ހަމައަށް ފޯރުވައިދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުން. 7- މުސާރަ ދިނުމާއި، ޕެންޝަނުގެ ފައިސާ ފޮނުވުމުގެ މަސައްކަތްކުރުން. 8- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން 9- އޮފީސް ހުޅުވުމާއި، ބަންދުކުރުމާ، އެ މަސައްކަތް ރާވައި ހިންގުން. |
|
|
މަޤާމުގެ ޝަރުޠުތައް |
||
|
އަސާސީ ޝަރުޠު |
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް /ހިޔުމަން ރިސޯސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް /ހިޔުމަން ރިސޯސް ނުވަތަ ފައިނޭންސްގެ ދާއިރާއެއްގެ 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް /ހިޔުމަން ރިސޯސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ 3- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް /ހިޔުމަން ރިސޯސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. |
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމުލަ އިންސައްތަ %30 އަށްވުރެ މަތިވުން. |
|
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން |
||
|
އިންޓަރވިއުކުރުން: |
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައެވެ. - އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ. - އިންޓަރވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާގުޅޭ މަޢުލޫމާތު އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ. |
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
||
|
އެދެންވީ ގޮތާއި ސުންގަޑި |
މި މަޤާމަށް ކުރިމަތިލުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން. |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ www.transport.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑުވެސް ކުރެވޭނެއެވެ. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) ރާއްޖެއިންބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ، މުއްދަތު ހަމަނުވާ ކޮޕީއެއް) 6- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ 7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 8- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. |
|
އިތުރު މަޢުލޫމާތު:
- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.
- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ނަންބަރު: 3343420 / 3343421 އަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
05 ރަބީޢުލްއައްވަލް 1438
