ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓާއި ވޮލީކޯޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހިންގާ ސްޕޯޓްސް އެރީނާގެ މަޝްރޫޢުގެ ދަށުން، ހދ މަކުނުދޫގެ ބަށިކޯޓާއި ވޮލީކޯޓުގެ މަސައްކަތް ކުރުމަށް އެ މިނސްޓްރީން ވަނީ ނިންމާފައެވެ. މިގޮތުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު:(IUL)270/INDIV/2016/66 އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހުށަހަޅާ ބީ.އޯ.ކިޔުއާ އެއްގޮތަށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މަކުނުދޫ ކައުންސިލުގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި އިދާރާއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.

ކުންފުންޏެއް ނުވަތަ އެހެން ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލުކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ ކޮންމެވެސް އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި ރަޖިސްޓަރީކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން ޕޮއިންޓް ދީގެން، އެންމެ މަތީ ޕޮއިންޓެއް ލިބޭ ފަރާތެވެ.

  1. ހުށަހަޅާފައިވާ އަގު (70 އިންސައްތަ)
  2. މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާ (10 އިންސައްތަ)
  3. މަސައްކަތް ފުރިހަމަކުރެވޭނެ މުއްދަތު (10 އިންސައްތަ)
  4. މިފަދަ މަސައްކަތް ކުރެވޭނެކަމުގެ މާލީ ޤާބިލުކަން (10 އިންސައްތަ)

9 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016
ހޯދާ