ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ބީ ބްލޮކް ޢިމާރާތުގެ ކްލާސްރޫމްތައް ވަކިކުރުމަށް ރާނާފައިވާ ފާރުތަކުގައި ސިމެންތިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތުދިނުމުގެ ބައްދަލުވުން |
ދިއްގަރު ސްކޫލުގެ އޮފީސް |
21 ޑިސެންބަރު 2016 |
ބުދަ |
13:00 |
|
އަންދާސީހިސާބު ހުށަހެޅުން |
ދިއްގަރު ސްކޫލުގެ އޮފީސް |
27 ޑިސެންބަރު 2016 |
އަންގާރަ |
13:00 |
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި ސްކޫލަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
9 ރަބީޢުލްއައްވަލް 1438