ދިވެހިރާއްޖެ
އިޢުލާން
ކަށަވަރު ދޯނި ދުއްވުން އެހެން ފަރާތަކާ ހަވާލުކުރުން
މި ކައުންސިލާއެކު ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކަށަވަރު ދޯނި ދުއްވުން އެހެން ފަރާތަކާ 3 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހަވާލުކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. ކުއްޔަކީ، ފުރަތަމަ އަހަރު، މަހަކު -/10000 (ދިހަހާސް) ރުފިޔާ، ދެވަނަ އަހަރު، މަހަކު -/12000 (ބާރަހާސް) ރުފިޔާ، ތިންވަނަ އަހަރު، މަހަކު -/14000 (ސާދަހާސް) ރުފިޔާއެވެ.
މިކަމަށް އެއްބަސްވުމަށް މި ކައުންސިލުން ނިންމާފައިވާ ކަންތައްތައް މި ކައުންސިލުގެ ކައުންޓަރުންނާއި، ރަށުކައުންސިލްތަކުންނާއި، މި ކައުންސިލުގެ ވެބްސައިޓް www.vaav.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލުގެ ނަންބަރ 6700502 ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
6 ރަބީޢުލްއައްވަލް 1438