ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރުނީޗަރާއި އެހެނިހެން ތަކެތި ހޯދުމާ ގުޅޭ

އިޢުލާން

ހއ.އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ތަކެތި ހޯދުމާ ގުޅޭ

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ އެދިވަޑައިގަތުމަކަށް ހއ.އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

ވީމާ، މި ތަކެތި ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިފައިގެން މި އިދާރާއަށް ހާޒިރުވުން އެދެމެވެ. މިކަމަށް އެދި އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ހއ. އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރާއި ތަކެތި ހޯދުމާ ގުޅޭ" މިގޮތަށް ލިޔަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00

2016 ޑިސެންބަރު 26 ވާ ހޯމަދުވަހުގެ 11:00

ކުންފުނި، އިންވެސްޓްމެންޓް، ވިޔަފާރި އަދި އަމިއްލަ ފަރާތެއް ނަމަވެސް މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި، އިންވެސްޓްމެންޓަކުން ނުވަތަ އަމިއްލަ ފަރުދެއް ނަމަވެސް ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތް އެނގޭނޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލުކުރެވޭނީ އެއް ފަރާތެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ގަތުމަށް އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބޭ ފަރާތެކެވެ.

  1. ތަކެތީގެ އަގަށް (% 85 އިންސައްތަ)
  2. ތަކެތި ފޯރުކޮށްދޭނެ މުއްދަތު (% 15 އިންސައްތަ)

6 ރަބީޢުލްއައްވަލް 1438

05 ޑިސެންބަރު 2016
ހޯދާ