ތިނަދޫ ސްކޫލް/ ގދ.ތިނަދޫ
ދިވެހިރާއްޖެ
ފާޚާނާ މަރާމާތުކުރާނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރާނެ ފަރާތެއް ހޯދުން.

ތިނަދޫ ސްކޫލުގެ ދަރިވަރުން ބޭނުންކުރާ ފަސްޓް ފްލޯގެ ފާޚާނާގެ ނަޖިސްފެން ބޭރުކުރުމަށް އަޅާފައިވާ ހޮޅިން ފެންލީކުވުން ރަނގަޅުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: GS216/IUL/2016/44 (31 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ އަގު:   %65

ތަޖުރިބާ:         %5

މުއްދަތު:         %25

މާލީ ޤާބިލުކަން:     %5

06 ޑިސެންބަރު 2016
ހޯދާ