މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިކޯޓުން ކުރި ނަންބަރު K5C-A/2016/27 (6 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތު އެންމެ ފުރިހަމަނުވާތީ، އެ އިޢުލާނާ ގުޅިގެން ލިބުނު އަންދާސީހިސާބުތައް ބާޠިލުކޮށް، މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިކަން ހުރި ޤާބިލު ފަރާތްތަކުން 2016 ޑިސެންބަރު 18 ވަނަ ދުވަހުގެ 11:00 އަށް މިކޯޓަށް ނުވަތަ މ.މުލަކު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 21 ޑިސެންބަރު 2016

އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: މ.މުލީ މެޖިސްޓްރޭޓް ކޯޓު ނުވަތަ މ.މުލަކު މެޖިސްޓްރޭޓް ކޯޓު

7 ރަބީޢުލްއައްވަލް 1438

06 ޑިސެންބަރު 2016
ހޯދާ