އިޢުލާން
މި ކައުންސިލުގެ އިދާރާއާއި ކައުންސިލުގެ އިދާރާގެ ގޯތީގައި ޑިޖިޓަލް ސެކިއުރިޓީ ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަނެ އިންސްޓޯލްކުރަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން 2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި މި އިދާރާއަށް އީމެއިލުން ނުވަތަ ސިޓީއުރައެއްގައި ބަންދުކޮށް، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނީ [email protected] ، [email protected] އަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 7715111 ނުވަތަ 9994828 އާއެވެ.
މާކްސް ދެވޭ ކުރައިޓީރިއާ
|
މާކްސް ދެވޭގޮތް
|
ތަފުސީލު
|
ފޯމިއުލާ
|
އަގު
|
50%
|
- ޚިދުމަތުގެ އަގަށް ދޭ މާކްސް
- މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކަށް ބަލައި އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.
|
(Benchmark Price / Submitted Price) x Allocated Percentage
|
ފަންނީ ތަޖުރިބާ
|
30%
|
- ޚިދުމަތްދިނުމުގައި ފަންނީ ތަޖުރިބާއަށް ދޭ މާކްސް
- މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މިކަމާ ގުޅޭގޮތުން ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބަލައި މިބާވަތުގެ މަސައްކަތް އެންމެ ގިނައިންކޮށްފައިވާ ފަރާތް ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މަސައްކަތެއްގެ މެދުގައި ލިބޭ % ހުރިހާ މަސައްކަތެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނައިން މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކަށެވެ.
|
(Submitted experience / Benchmark experience) x Allocated Percentage
|
މާލީ ތަނަވަސްކަން
|
10%
|
- މާލީ ތަނަވަސްކަމަށް ދޭ މާކްސް
- މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ މާލީ ތަނަވަސްކަން އަންގައިދޭ ލިޔުންތަކުގެ މައްޗަށް ބަލައި، އަމިއްލަ ޚަރަދުގައި އެންމެ އަގުބޮޑުކޮށް ކޮށްފައިވާ މަސައްކަތް ނުވަތަ މަސައްކަތްތައް ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަދަދެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އަމިއްލަ ޚަރަދުގައި އެންމެބޮޑު އަގެއްގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށެވެ.
|
(Submitted Financial capability / Benchmark Financial capability) x Allocated Percentage
|
މުއްދަތު
|
10%
|
- މުއްދަތަށް ދޭ މާކްސް
- މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅުއްވާފައިވާ މުއްދަތުތައް ބަލައި އެންމެ ކުރު މުއްދަތު ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
|
(Benchmark Period / Submitted Period) x Allocated Percentage
|
7 ރަބީޢުލްއައްވަލް 1438