ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ނެޓްވަރކް ސްކޭންގެ ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާނަމަ، ތިރީގައި މިދަންނަވާ ދުވަހު ސީޓްރެކްސް ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
14 ޑިސެންބަރު 2016 |
ބުދަ |
ހެނދުނު 10:00 |
އަންދާސީހިސާބު ހުށަހެޅުން |
21 ޑިސެންބަރު 2016 |
ބުދަ |
ހެނދުނު 10:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
7 ރަބީޢުލްއައްވަލް 1438