ދިވެހިރާއްޖެ
އިޢުލާން
އޭދަފުށީގައި ކުޅިވަރު ކުޅޭ ސަރަޙައްދުތަކުގެ ވަށާފާރު ރޭނުމާއި، ފުޓްބޯޅަދަނޑުގައި ފެންސް ޖެހުމާއި، ނެޓްބޯޅަކޯޓު، ވޮލީބޯލްކޯޓު އަދި ބަށިކޯޓު އެޅުމާބެހޭ
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން މިރަށުގެ ކުޅިވަރު ކުޅޭ ސަރަޙައްދުތަކުގެ ވަށާފާރު ރޭނުމާއި، ފުޓްބޯޅަދަނޑުގައި ފެންސް ޖަހައިދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުގެ އިދާރާގެ ނަންބަރު IUL)320-FNP/320/2015/22) (2 އެޕްރީލް 2015) އިޢުލާނާއި، IUL)320-ADHR/320/2016/46) (30 ޖޫން 2016) އިޢުލާނުގައިވާ ބަށިކޯޓު، ވޮލީކޯޓު އަދި ނެޓްބޯޅަކޯޓު އެޅުމަށް ހުށަހަޅާފައިވާ ބިޑް ޑޮކިއުމެންޓްތައް ބާޠިލު ކުރުމަށްފަހު، އަލުން އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން އޮންނާނީ މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވަންވާނީ، އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިޔުމަކާ އެކުގައެވެ. ކުންފުންޏަކުން ނަމަ، އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ދިނުން |
އަންދާސީހިސާބު ހުށަހެޅުން |
2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 11:00 އަށް |
2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް |
އަންދާސީހިސާބު ހުށަހަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންޖެހޭނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެކަންވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
5 ރަބީޢުލްއައްވަލް 1438