ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ފަރުނީޗަރު، ކޮމްޕިއުޓަރު، އަދި އެހެނިހެން ތަކެތި) 2016 ޑިސެންބަރު 17 ވާ ހޮނިހިރުދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން އޮންނަ ތަން: ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ހ. އޯކިޑް 3 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު / މާލެ
މުދާ ބެލޭނެ އިންތިޒާމާއި ނަން ނޯޓުކުރުން: ނީލަމުގައި ވިއްކާ މުދާ ބެލޭނެ އިންތިޒާމު 2016 ޑިސެންބަރު 17 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެއެވެ. އަދި 11:15 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި، ނީލަމުގައި ބައިވެރިވުމަށް އެދި ނަން ނޯޓުކުރަންވާނެއެވެ.
ނީލަން ގަޑި: ހެނދުނު 11:30 (17 ޑިސެންބަރު 2016 ވާ ހޮނިހިރު ދުވަހު)
ފައިސާ ދެއްކުން: ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެ މުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެ ގަޑީގައި ދައްކަންވާނެއެވެ.
މުދާ ގެންދިއުން: ނީލަމުން ނަގާ މުދާ، ޖެހިގެން އަންނަ މަސައްކަތު ދުވަހުގެ 16:00 ގެ ކުރިން އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާ ނުލައި ނައްތާލެވޭނެއެވެ.
އިތުރުމަޢުލޫމާތު: ނީލަން ލިސްޓުގައި ނަން ނޯޓުނުކުރާ ފަރާތްތަކަށް، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 3014105/3336619 ފޯނަށް ގުޅުއްވުން އެދެމެވެ.
06 ރަބީޢުލްއައްވަލް 1438