މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުވެހި ޢިމާރާތުން ހުސްވެފައިވާ ފްލެޓްތަކަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލުން

އިޢުލާން

އެދުރުވެހި ޢިމާރާތުން ހުސްވެފައިވާ ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލުން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ނަންބަރު 22-TF/1/2016/205 (07 ސެޕްޓެންބަރު 2016) އިޢުލާނުން އާންމުކޮށްފައިވާ ފަދައިން މާލެސިޓީގެ ވިލިނގިލި އަވަށުގައި ހުރި "އެދުރުވެހި" ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލު  29 އޮގަސްޓު 2016 ގައި ދިވެހިސަރުކާރުގެ ގެޒެޓްގައްޔާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް www.moe.gov.mv ގައި ވަނީ ޝާއިޢުކޮށް އާންމުކޮށްފައެވެ.

މިދެންނެވި އުސޫލު މިނިސްޓްރީ އޮފް އެޑިޔުކޭޝަން/ ވެލާނާގެ 8 ވަނަ ފަންގިލާގެ ނޯޓިސްބޯޑްގައްޔާއި، ތަޢުލީމީ ފަންޑުގެ އިދާރާ / އެދުރުހިޔާ 9 ވަނަ ފަންގިލާގެ ނޯޓިސް ބޯޑުގައްޔާއި، އެދުރުވެހީގެ ނޯޓިސް ބޯޑުގައި ވެސް ބެހެއްޓިފައިވާނެއެވެ.

އެދުރުވެހި ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން އެދުރުވެހި އިމާރާތުން ހުސްވެފައިވާ ފްލެޓްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި އަދުން ފެށިގެން ހުޅުވާލަމެވެ.

ވީމާ، އެދުރުވެހި ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން "އެދުރުވެހީގެ ފްލެޓަށް އެދޭ ފޯމު" މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރައްވައިގެން ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ (އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ) ލިޔުންތަކާއެކު 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 14:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ ޢިމާރާތުގެ 9 ފަންގިފިލާގެ ކައުންޓަރަށް ވަޑައިގެން "އެދުރުވެހީގެ ފްލެޓަށް އެދޭ ފޯމު" ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

06 ޑިސެންބަރު 2016
ހޯދާ