ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓަވާދެއްވާނެ ފަރާތެއް ހޯދުމަށް

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން މާލެއާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމު ކޮށްފައިވާ އެފް.އެސް.އެމް ފިއުލް ޝެޑްތަކާއި، އެހެނިހެން ސައިޓުތަކުގެ ސެކިއުރިޓީ، 1 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

ވީމާ، ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޑިސެންބަރު 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 20 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331453 ނުވަތަ 3331457 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

06 ޑިސެންބަރު 2016
ހޯދާ