ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017
ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނެ ގޮތް
-
ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނީ http://forms.elections.gov.mv މި ލިންކު މެދުވެރިކޮށް އޮންލައިންކޮށެވެ.
-
ފޯމުގައި މަޢުލޫމާތު ފުރިހަމަކޮށް ހުށަހަޅަންވާނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށެވެ.
-
ފޯމުގައި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ތިރީގައި މިދަންނަވާ ފައިލްތައް އަޕްލޯޑްކުރަންވާނެއެވެ. އަދި އަޕްލޯޑްކުރެވޭ ފައިލްތަކުގެ ސައިޒު 1MB އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.
* ކުލަކޮށް ސްކޭން ކޮށްފައިވާ، މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް (PDF ފޯމެޓްގައި)
* ނެގިތާ 3 މަސްދުވަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ ސާފު ކުލަ ފޮޓޯއެއް (JPEG ފޯމެޓުގައި އަދި ރިޒޮލިއުޝަން600Dpi ގައި)
* އިސްވެ ދެންނެވުނު ލިންކުން "ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު" އަދި "ކެންޑިޑޭޓުގެ މަންދޫބު އައްޔަންކުރިކަމުގެ ލިޔުން" ޑައުންލޯޑް ކުރުމަށްފަހު ފުރިހަމަކޮށް ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (ކެންޑިޑޭޓުގެ މަންދޫބު އައްޔަންކުރިކަމުގެ ލިޔުމާއި، އިޤުރާރު އެއް ފައިލެއްގެ ގޮތުގައި PDF ފޯމެޓުގައި)
- އޮންލައިންކޮށް ފޯމު ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ، ނުވަތަ ޞައްޙަ ނޫން މަޢުލޫމާތު ހުށަހަޅާފައިވާނަމަ، ނުވަތަ އެޓޭޗް ކުރަންޖެހޭ އެއްވެސް އެއްޗެއް މަދުވާނަމަ ފޯމު ބާޠިލު ކުރެވޭނެއެވެ.
ނޯޓު: ފޯމު ފުރިހަމަކޮށް އޮންލައިންކޮށް ހުށަހެޅުމުން ލިބޭ ފޯމު ނަންބަރު ނޯޓު ކުރެއްވުމަށް ސަމާލުކަން ދޭންވާނެއެވެ.