ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ (ދާއިމީ)

އިޢުލާން

މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ މި އިދާރާގެ ނަންބަރު: (IUL)253/253/2016/112 (2 ނޮވެންބަރު 2016) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މަޤާމް

ޕްލޭނިންގ އޮފިސަރ (ދާއިމީ)

މަޤާމުގެ ރޭންކް

އެމް.އެސް. 1 (މެނެޖީރިއަލް ސަރވިސް 1)

މަޤާމުގެ ކުލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލުގެ އިދާރާ / (އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް)

ސެކްޝަން

-  

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އިދާރާ، ހއ. މާރަންދޫ

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާތައް:

* އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާ

* އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ

* ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ

* ފައިނޭންސްގެ ދާއިރާ

* އެކައުންޓްސްގެ ދާއިރާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް:

1- ރިސެޕްޝަން ބެލެހެއްޓުމާއި، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމާއި، އެންޓްރީ ކުރުން.

2- ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.

3- ރަށުގެ ތަރައްޤީގެ ޕްލޭން ހެދުމާއި، ބިމުގެ ބަޖެޓް ތައްޔާރުކުރުން.

4- ކައުންސިލުގެ ވޭތުވެދިޔަ 6 މަސްދުވަހުގެ ރިޕޯޓު ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5- ރުއްގަހުގެ ރަޖިސްޓަރީ ބެލެހެއްޓުން.

6- އުފަންދުވަހުގެ ރަޖިސްޓަރީއާއި އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުން

7- ކައުންސިލުގެ މަޝްވަރާގެ މަތީން ރަށުގައި ރުއްގަސް އިންދުމަށާއި، ހޭޅިފަށާއި، ގޯތިދިނުމަށާއި، ހުސްބިންތައް ހުންނަންޖެހޭ ތަންތަން ރަށުގެ ޗާޓުން ފާހަގަކޮށް ކުރަންޖެހޭ އެންމެހައި ދިރާސާތައް ކުރުން.

8- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ބޭނުންވާ ފޯމު ޗެކްކޮށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުން.

9- ކޮންމެ މަހެއް ނިމުމުން އެމަހެއްގެ 1 ، 2 ގެ ރިޕޯޓްތައް ތައްޔާރުކުރުން.

10- އިދާރާއިން ފޮނުވަންޖެހޭ ސިޓީ، މެސެޖް، ލިޔުން ތައްޔާރުކުރުމާއި، ފޮނުވުމާއި، ފެކްސްކުރުމާއި، މެއިލްކުރުން

11- އިދާރާއިން ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.

12- އެއްރަށެއްގެ ރައްވެއްސަކު އަނެއް ރަށެއްގެ ރައްވެއްސަކަށް ބަދަލުވުމުގެ މައްސަލަ.

13- ވިހާމަރުވާއާއި ރަށުގެ ރަޖިސްޓަރީ ބެލެހެއްޓުން.

14- އެއްގަމާއި ކަނޑުގައި ދުއްވާ ތަކެތީގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން.

15- ގޮއި ފާލައްބަ އިންނަ ފަދަ ތަންތަނުގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން.

16- އެކިއެކި ކަންކަމަށް ބިން ދޫކުރުން.

17- ވިއްސާރައާއި ޤުދުރަތީގޮތުން ލިބޭ ގެއްލުންތަކާއި، ރަށުގެ ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ މަޢުލޫމާތާއި ފޮޓޯ އަތޮޅުކައުންސިލާއި ކަމާގުޅޭ މިނިސްޓްރީއަށް ފޮނުވުން.

18- އިދާރާގެ އަހަރީރިޕޯޓް ތައްޔާރުކުރުމާއި، ފޮނުވުން.

19- ރަށުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހަ މަސައްކަތްތައް ހިންގުން.

20- ރަށުގެ ތަޢުލީމީ ޙަރަކާތްތަކުގައި ކައުންސިލް އިދާރާއިން ކުރަންޖެހޭ ކަންކަން ކުރުން.

21- ފެތުރޭ ރޯގާއެއް ފެށިއްޖެނަމަ، އެ ރޯގާއާ ބެހޭގޮތުން ރަށުގެ ޞިއްޙީމަރުކަޒާ ގުޅިގެން، ރޯގާ ކޮންޓްރޯލްކުރުމުގައި މި އިދާރާއިން ދޭންޖެހޭ އެހީތެރިކަން ދިނުން.

22- ބޯހިމެނުމުގެ މަސައްކަތް ކުރުން.

23- ބަލިމީހުންނާބެހޭ ކަންތައްތަކާއި ސަރުކާރުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާބެހޭ ކަންތައްތައް.

24- އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޚާޢްޞަ އެކިއެކި އިނާމަށް ނަން ހުށަހަޅަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ އިދާރާއަށް ފޮނުވުން.

25- ފައިލްކުރުން.

26- ފޮތްތަކުގައި ނަންކޮޅު ތައްކުރުމާއި، ގަނޑު ލެއްވުމާއި، ސެލޯފިން ލެއްވުމާއި، އަދި ފައިލްތަކުގައި ނަންކޮޅު ހަރުކުރުން.

27- ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

28- މަތީގައިވާ ކަންކަމުގެ އިތުރުންވެސް، އިދާރާއާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

* ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

* ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި ޤާބިލުކަމުގެ ސިފަތައް.

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ތެރޭގައި، މާރަންދޫ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ލިޔުމަކުން އެންގޭނެއެވެ.

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާ ގުޅޭ ލިޔުންތައް، މާރަންދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ)

3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

  (ހ) ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

   (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި، މަޤާމުގެ ޝަރުޠާއި، ރޭންކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

މި އިޢުލާނާ ގުޅިގެން މަޢުލުމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500029 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6500061 އެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016
ހޯދާ