ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:         ފައިނޭންސް އޮފިސަރ

ރޭންކް:         އެމް. އެސް 1

ކްލިފިކޭޝަން:     ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން: ސެކްޝަން/ ޔުނިޓް: ކޯޕަރޭޓް އެފެއާޒް / ގއ. ދެއްވަދޫ ކައުންސިލުގެ އިދާރާ

މުސާރަ:        މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:    މަހަކު -/2000 ރުފިޔާ         

އެހެނިހެން އެލަވަންސް:-

ބޭނުންވާ އަދަދު:  1

މުއްދަތު:      ދާއިމީ            

މަޤާމުގެ ޝަރުޠުތައް:

1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެމަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުގެ ބަޖެޓަށް ލިބޭ ފައިސާއި، އެހެނިހެން ފައިސާގެ އެންމެހައި މުޢާމަލާތްތައް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ޒިންމާދާރުކަމާއެކު ހިންގައި ބެލެހެއްޓުން.
  2. އޮފީހުގެ ތިޖޫރި ބެލެހެއްޓުމާއި، ތިޖޫރީގައި ހުންނަ ފައިސާގެ ހިސާބު ލިޔެ ބެލެހެއްޓުން.
  3. ކައުންސިލުގެ އިދާރާއިން ކުރާ އެންމެހައި ޚަރަދުތައް ބެލެހެއްޓުމާއި، ވައުޗަރާއި ޗެކްތައް، ރަޖިސްޓަރީ ފުރިހަމަކޮށް ބެލެހެއްޓުމާއި، އެކައުންޓްތަކަށް ޖަމާކުރެވޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި، ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފައިސާ ހަވާލުކުރުން.
  4. ކައުންސިލުގެ އިދާރާގެ ބަޖެޓުފައިސާ އަދި ޚަރަދުތަކާ ބެހޭގޮތުން ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި، ކައުސިލުގެ އިދާރާގެ އިސްވެރިންނަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި ލަފާ އެރުވުމާއި، ބަޖެޓުގެ އައިޓަމުތަކުން ޚަރަދުކޮށްގެން ހޯދަންޖެހޭ ތަކެތި (ލިޔެކިޔުމާއި، ފޮޅައިސާފުކުރުމާއި، އެހެނިހެން ގޮތްގޮތުން ހޯދާ ތަކެތި) ހޯދުމާއި، އެތަކެތި ސްޓޮކަށް ޖަމާކޮށް، ސްޓޮކް ބަލަހައްޓާ މުވައްޒަފަކާ ހަވާލުކުރުން.
  5. ކައުންސިލުގެ އިދާރާއަށް ބޭނުންވާ ހަރުމުދާ (މެޝިނަރީއާއި، ފަރުނީޗަރާއި، އެހެނިހެން ތަކެތި) ކައުންސިލުން ފާސްކޮށް ނިންމާ ގޮތެއްގެ މަތީން ލަސް ނުކޮށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ހޯދައި ބެލެހެއްޓުން.
  6. ކޮންމެ މަހަކު މުވައްޒަފުންގެ މުސާރައާއި އުޖޫރަ ދިނުމާބެހޭ އެންމެހައި ކަންތައްތައް (މުވައްޒަފުންގެ ހާޒިރީރިޕޯޓާއި އިތުރުގަޑީގެ ރިޕޯޓު ފަދަ މުހިންމު ލިޔުންތައް ބަލައި ޗެކް ކުރުމާއެކު، ކަމާބެހޭ ޤާނޫނާއި ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށް) ކޮންމެމަހެއްގެ އެންމެފަހު ދެ ދުވަހު މުވައްޒަފުންނަށް މުސާރައާއި އުޖޫރަ ދިނުމަށް މަސައްކަތްކުރުން.
  7. ކައުންސިލް އިދާރާގެ އިންވެންޓްރީގައިވާ (ހަރުމުދަލާބެހޭ) ހުރިހާ ތަކެއްޗެއް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ގަވާއިދުގައިވާ ގޮތުގެމަތިން ބެލެހެއްޓުމާއި، އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. މަހުންމަހަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ފައިސާގެ އެންމެހައި ރިޕޯޓުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވުމަށް ބާރު އަޅައި އެމަސައްކަތް ކުރިޔަށް ގެންދިޔުން.
  9. އިމްޕޯޓްކުލި، ބިމުކުލި، އަދި އެހެނިހެން ގޮތްގޮތުން ކައުންސިލަށް ލިބެންޖެހޭ ފައިސާއާއި، ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށް ބާރު އެޅުމާއި، ފައިސާ ނުދައްކާ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. ފިޠުރުޒަކާތާއި މުދަލުޒަކާތުގެ ފައިސާ ނެގުމާއި، ފަޤީރުންނާއި މިސްކީނުންގެ ލިސްޓު ނެގުމާއި، އެ ލިސްޓުތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، އަދި ޒަކާތަށް ލިބޭ ފައިސާއާއި ތަކެތި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގަވާ ގޮތެއްގެ މަތިން ފަޤީރުންނާއި މިސްކީނުންނަށް، ބެހުމުގެ މަސައްކަތް ކުރުން.
  11. ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމާބެހޭ އިންތިޒާމުތައް ހަމަޖެއްސުމާއި، ނީލަންކިޔާ ތަކެއްޗާއި، އަދި ނައްތާލެވޭ ތަކެތީގެ ރެކޯޑު ބެލެހެއްޓުން.
  12. ކައުންސިލުގެ އިދާރާގެ މާލީހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރ ޖެނެރަލުގެ އޮޑިޓަރުންނަށް އެހީތެރިވުން.
  13. ކައުންސިލުގެ އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިންމު / ޚާއްޞަ ޙާލަތްތަކުގެ ކަންތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ސުންގަޑި:

2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލުގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ކަންތައް ހަމަޖެހޭނެއެވެ.
  • އިތުރުގަޑީގެ ފައިސާ ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ،
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު (އެޕްލިކޭޝަންފޯމު ދެއްވަދޫ ކައުންސިލުގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ލިބެން ހުންނާނެއެވެ.
  2. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢްލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާލިޔުންތަކާއި ، މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް ، މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:    

ވަޒީފާގެ ޝަރުޠު ހަމަވުމުން (ކަނޑައެޅިފައިވާ އިންސައްތަ % 11)

ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %38)

މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ %8)

އިންޓަވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ %43)

ޝޯޓް ލިސްޓުކުރުމާއި އިންޓަވިއުކުރުން:

މި މަޤާމަށް މީހަކު ހޮވޮމަށް ބޭއްވޭ އިންޓަވިއު 2016 ޑިސެންބަރު 18 އާއި 2016 ޑިސެންބަރު 22 އާ ދެމެދު ދެއްވަދޫ ކައުންސިލުގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6820023 ނުވަތަ 7996606 ނަންބަރު ފޯނަށެވެ.

5 ރަބީޢުލްއައްވަލް 1438

04 ޑިސެންބަރު 2016
ހޯދާ