ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަޤާމު

މެކޭނިކު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS.3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ. އަތޮޅު ހޮސްޕިޓަލް / ފ. ނިލަންދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން (ޞިއްޙީމަރުކަޒުތައް، ހެލްތު ޕޯސްޓްތައް) އިމާރާތާއި ތަކެތި ގަވާއިދުން މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މެއިންޓެނަންސް އޮފިސަރ ނުވަތަ ހޮސްޕިޓަލުން ކަނޑައަޅާ ފަރާތަކަށް އެހީތެރިވުން.
  2. ހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ނީލަންކިޔަންޖެހޭ ތަކެއްޗާއި ނައްތާލަންޖެހޭ ތަކެއްޗާބެހޭ މަޢުލޫމާތު ހޯދުމުގައި މެއިންޓެނަންސް އޮފިސަރ ނުވަތަ ހޮސްޕިޓަލުން ކަނޑައަޅާ ފަރާތަކަށް އެހީތެރިވުން.
  3. އެކިއެކި މުނާސަބަތުތަކަށާއި ފާހަގަކުރެވޭ ދުވަސްތަކަށް ހޮސްޕިޓަލް ޒީނަތްތެރިކުރުވުން.
  4. މަސައްކަތާ ގުޅޭ ދާއިރާއިން ހޮސްޕިޓަލުގައި ކުރަންޖެހޭ ކަންކަމުގައި އިސްކޮށްހުންނަ މުވައްޒަފަކަށް އެހީތެރިވެދިނުމުގައި އެމުވައްޒަފަކާއި ބައިވެރިވުން. އަދި އެ މުވައްޒަފު ނެތް ޙާލަތެއްގައި އެ މުވައްޒަފެއްގެ މަސައްކަތް ގަވާއިދުން ކުރުން.
  5. ހޮސްޕިޓަލާއި އޮފީހުގައި ކުރަން ދިމާވާ އެންމެހައި ކަންތައް ކުރުމުގައި ބައިވެރިވެ އެހީތެރިވުން.
  6. ހޮސްޕިޓަލުގެ ހިފައި ގެންގުޅޭ ތަކެތި (ތަފާތު މަސައްކަތްކުރުމަށް ބޭނުންވާ ސާމާނު) ދަބަރުޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

ތަރުޖަމާން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީއެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

ޑީ ސެކްޝަން (އޯޕީޑީ)

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ. އަތޮޅު ހޮސްޕިޓަލް / ފ. ނިލަންދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ބަލިމީހާ ޑޮކްޓަރަށް ހުށަހަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވައިދިނުމާއި، ޑޮކްޓަރ ބަލިމީހާއަށް އަންގައިދިނުމަށް ވިދާޅުވާ ކަންތައްތައް ބަލިމީހާއަށް އަންގައިދިނުން.
  2. ކޭސް އެންޓްރީ ކުރުމާއި، އައުޓް ޕޭޝަންޓް ރަޖިސްޓަރީ ދުވަހުން ދުވަހަށް ފުރިހަމަކުރުން.
  3. ބަލިމީހުން ބަލާ ކޮޓަރިއަށް ބޭނުންވާ ތަކެތި ކޮންމެ ދުވަހަކުވެސް ހަމަކޮށްދިނުން.
  4. މެޑިކަލް ރެކޯޑްސް ތައްޔާރުކުރުމުގައި އެހީވުން.
  5. އޯ.ޕީ.ޑީ އިންވެންޓްރީ ބެލެހެއްޓުން.
  6. ރިސެޕްޝަން ކްލާކުން ނެތްނަމަ، އޯ.ޕީ.ޑީ އަށް އެހީތެރިވުން.
  7. ހޮސްޕިޓަލުން ހިންގާ އެކި އެކި ޙަރަކާތްތަކުގައި ބައިވެރިވުން.

ތަޢުލީމާއި ތަޖުރިބާ

1- ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް  ހާސިލުކޮށްފައި ވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ  

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

އެޓެންޑެންޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް2

މަޤާމުގެ ރޭންކް: އެސް އެސް 2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން / ސެކްޝަން

އީ ސެކްޝަން (ނަރސިން ކެއަރ)

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ.އަތޮޅު ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  1. ކްލިނިކަލް އޭރިއާގައި ދިމާވާ އިމަރޖެންސީ ޙާލަތްތަކުގައި އެތަނެއް ސާފުކޮށް ބެލެހެއްޓުން.
  2. ކޮންމެ މުވައްޒަފަކުވެސް އެމުވައްޒަފަކާ ހަވާލުކުރެވިފައިވާ އޭރިއާއެއް ސާފުކޮށް ބެލެހެއްޓުން.
  3. ނަރުހުންކުރާ މަސައްކަތުގައި ވީވަރަކުން އެހީއާއި އެއްބާރުލުން ދިނުން.
  4. ޕޯޓަރުންގެގޮތުގައި ބަލިމީހުން އުފުލުން.
  5. ލޯންޑްރީގައި ކުރާ މަސައްކަތްތަކުގައި ވީވަރަކުން އެހީއާއި އެއްބާރުލުން ދިނުން.
  6. މީގެއިތުރުންވެސް ހޮސްޕިޓަލުން އަންގަވާ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރުން.

ތަޢުލީމާ ތަޖުރިބާ

1- މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ  

3- ލިޔަންކިޔަން އެނގުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މަޤާމު

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް2

މަޤާމުގެ ރޭންކް: އެސް އެސް 2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން / ސެކްޝަން

އެޑްމިން ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ.އަތޮޅު ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. ހޮސްޕިޓަލުން ސަރުކާރުގެ އެކިއެކި އިދާރާތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް އަމާނާތްތެރިކަމާއެކު ހަވާލުކުރުން.

2. ހޮސްޕިޓަލުގައި ދިމާވާ އިމަރޖެންސީ ކަންތައްތަކުގައި ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެހީތެރިވުން.

3. ހޮސްޕިޓަލަށް ގެންނަންޖެހޭ މުދަލާއި އެހެނިހެން ތަކެތި ހޮސްޕިޓަލަށް ގެނައުން.

4. އެކިއެކި ބޭނުންތަކުގައި ހޮސްޕިޓަލަށް ގެނައުމަށް ބޭނުންވާ މީހުންނާއި މުވައްޒަފުންނަށް ކިޔުން.

5. ހޮސްޕިޓަލުން ރާވައި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި، އެހެން މުވައްޒަފުންގެ މަސައްކަތްތަކުގައި ވީވަރަކުން އެހީތެރިވުން.

6. މީގެ އިތުރުންވެސް ހޮސްޕިޓަލުން އަންގާ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރުން.

ތަޢުލީމާ ތަޖުރިބާ

1- މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ  

2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ  

3- ލިޔަންކިޔަން އެނގުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަން www.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

    (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަ ކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި

2016 ޑިސެންބަރު 20 ވަނަ ދުވަހުގެ 11:00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރުމަށްފަހު ފ.އަތޮޅު ހޮސްޕިޓަލަށް ހުށަހެޅުން.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ޑިސެންބަރު 22 އިން ފެށިގެން 3 ދުވަހުގެ މުއްދަތަށް ފ.އަތޮޅު ހޮސްޕިޓަލުގައެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ހޮސްޕިޓަލުގެ ނަންބަރު 6740086 ފޯނަށް ގުޅުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

04 ޑިސެންބަރު 2016
ހޯދާ