ދިވެހިރާއްޖެ
އިޢުލާން
ލ.ކުނަހަންދޫ ގެސްޓުހައުސްއަށް ހަދާ އިމާރާތުގައި އިތުރު މަސައްކަތްކުރަން އަންދާސީހިސާބު ބޭނުންވެއްޖެ
ހައްދުންމަތީ ކުނަހަންދޫ ކައުންސިލުން އިޢުލާން ކޮށްފައިވާ، ގެސްޓުހައުސްއަށް ހަދާ އިމާރާތުގައި އިތުރު މަސައްކަތްކުރަން އަންދާސީހިސާބު ބޭނުންވެގެން ކުރި ނަންބަރު (21.11.2016) 405-A/2016/46 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށްފައި އެއްވެސް ފަރާތަކުން ބިޑް ހުށަނޭޅުމުން އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ.
ލ.ކުނަހަންދޫ ގެސްޓުހައުސްއަށް ހަދާ އިމާރާތުގައި އިތުރު މަސައްކަތްކުރަން އަންދާސީހިސާބު ބޭނުންވެއްޖެއެވެ.
ވީމާ، މިފަދަ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
* މަޢުލޫމާތު ސާފުކުރުން: 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 11:00 އަށް
* އަންދާސީހިސާބު ހުށަހެޅުން: 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 13:00 އަށް
މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
2 ރަބީޢުލްއައްވަލް 1438