ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި ކުރަންހުރި ބައެއްމަސައްކަތް ކުރުން
ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 5 ވަނަ ދުވަހުގެ 8:30 އިން ފެށިގެން 2016 ޑިސެންބަރު 8 ވަނަ ދުވަހުގެ 13:00 އާ ދެމެދު މި އިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 2016 ޑިސެންބަރު 14 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 2016 ޑިސެންބަރު 8 ވަނަ ދުވަހުގެ 13:30 ގައި މި އިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/15 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
5 ރަބީޢުލްއައްވަލް 1438