ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ހޯލުއިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު GS-169/IU/2016/33 (7 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
- މިމަސައްކަތް ހަވާލުކުރެވޭނީ މިފަދަ މަސައްކަތްތައްކުރުމަށް ރަޖިސްޓަރީކުރެވިފައިވާ ފަރާތަކާއެވެ.
- އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، ހުށަހަޅާ ފަރާތުގެ ނަމާއި، ކޮން މަސައްކަތެއްގެ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.
- ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރަން ހާޒިރުވާނަމަ ވެރިފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި، ކްލަބް، ޖަމްޢިއްޔާއަކުންނަމަ، އެ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
- އަންދާސީހިސާބުތައް ހުށަހަޅާ ވަގުތު ހާޒިރުވާ ބޭފުޅުންގެ ހާޒިރުގައި އަންދާސީހިސާބުތައް ކެނޑުން އޮންނާނެއެވެ.
ވީމާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެެ ހެނދުނު 11:00 އަށް ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހިފައިގެން ސްކޫލުގެ އޮފީހަށް ހާޒިރުވުން އެދެމެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާނަމަ، 7952913 ނަންބަރު ފޯނާ ގުޅުން އެދެމެވެ.