ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން 22 ނޮވެންބަރު 2016 ގައި ކުރެވިފައިވާ ނަންބަރު GS-169/IUL/2016/34 އިޢުލާނުގައި މައްސަލައެއް ފާހަގަކުރެވިފައިވާތީ، އެ އިޢުލާން ބާޠިލުކޮށް, 1 ޖަނަވަރީ 2017 ން 31 ޑިސެންބަރު 2017 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އަލުން އިޢުުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 22 ވާާ ބުރާސްފަތިދުވަހުގެ 10:00 ގައި އަންދާސީހިސާބު ހިފައިގެން މި ސްކޫލުގެ އޮފީހަށް ހާޒިރުވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، ކޮން މަސައްކަތެއްގެ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެ ވަގުތު އަންދާސީހިސާބުތައް ކެނޑުން އޮންނާނެއެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

01 ޑިސެންބަރު 2016
ހޯދާ