ދިވެހިރާއްޖެ
އިޢުލާން
މަރާމާތުކުރުމާބެހޭ
މި ސްކޫލުގެ ނަންބަރު: GS-108/MIS/2016/20 (21 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން ކުރިމަތިލައްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، ސްޓާފްރޫމުގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މައުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތްވާހަކަ ދަންނަވަމެވެ.
- ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
6 ރަބީޢުލްއައްވަލް 1438