ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކޮންޓްރެކްޓް އުސޫލުން 2017 ވަނަ އަހަރު (1 ޖަނަވަރީ 2017 އިން ފެށިގެން 31 ޑިސެންބަރު 2017 ގެ ނިޔަލަށް) މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުމަށް އާންމުކޮށް އިޢުލާންކޮށް، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކަމަށް އެދި ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާ ގުޅޭގޮތުން ހިންގާ މުޢާމަލާތްތައް މިދަންނަވާ ގޮތުގެ މަތީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
| މުޢާމަލާތް | ތަން | ތާރީޚު | ގަޑި | 
| މަޢުލޫމާތު ދިނުން | ޅޮހީ ސްކޫލް | 8 ޑިސެންބަރު 2016 (ބުރާސްފަތި) | 13:00 | 
| އަންދާސީހިސާބު ހުށަހެޅުއްވުން | ޅޮހީ ސްކޫލް | 12 ޑިސެންބަރު 2016 (ހޯމަ) | 13:00 | 
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6560573 ފޯނާ ގުޅުއްވުން އެދެމެވެ.
 
                    