ދިވެހިރާއްޖެ
އިޢުލާން
މުޙައްމަދު އަމީން ސްކޮލަރޝިޕް - 2017
މުޙައްމަދު އަމީން އެވޯޑަކީ އަމީނިއްޔާ ސްކޫލްގެ ރަންޔޫބިލް ޙަރަކާތާ ގުޅިގެން އުފެދިފައިވާ ޓްރަސްޓް ފަންޑުގެ ދަށުން 1995 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެތެރޭގެ ސްކޫލެއްގެ ގްރޭޑް 7 ނިންމާ އަންހެން ދަރިވަރަކަށް (1 ޖާގަ) މި ސްކޫލްގެ ގްރޭޑް 8 ން 10 ނިމެންދެން ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕެކެވެ.
2017 ވަނައަހަރު މުޙައްމަދު އަމީން ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުން އެކަމަށް އެދި 2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން މި ސްކޫލަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީގައި މިދަންނަވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.
- ދަރިވަރުގެ ފުރިހަމަ ނަމާއި، މާލޭގެ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރެއް.
- ބެލެނިވެރިޔާގެ ނަމާއި، މާލޭގެ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރެއް.
- ސިޓީއާއެކު ދަރިވަރުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ އުފަން ދުވަހުގެ ސެޓުފިކެޓުގެ އަސްލާއެކު ކޮޕީއެއް. އަދި 2016 ވަނަ އަހަރުގެ ސްކޫލް ރިޕޯޓް ފޯމުގެ އަސްލާއެކު ކޮޕީއެއް (ގްރޭޑް 7 ގެ ފަހު ޓާމް) ހުށަހަޅަންވާނެއެވެ.
ޝަރުޠު
- 2016 ޖަނަވަރީ 1 އަށް 14 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވުން.
- 2016 ވަނައަހަރު މާލެ/ ވިލިނގިލި/ ހުޅުމާލެ ފިޔަވައި އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް 7 ނިންމި ކުއްޖަކަށްވުން.
- އަޚުލާޤު ރަނގަޅު ކުއްޖެއް ކަމުގައިވުން.
- 2016 ވަނަ އަހަރުގެ ފަހުޓާމްގެ ފައިނަލް އެވްރެޖް %75 ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
ޝަރުޠު ހަމަވާ ކުދިންގެ ލިސްޓެއް 2016 ޑިސެންބަރު 13 ވާ ހޯމަ ދުވަހުގެ 12:00 ގެ ފަހުން ސްކޫލްގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. މި ކުދިންނަށް ދޭ އިމްތިޙާނު ތިރީގައިވާ ގޮތަށް މި ސްކޫލުގައި އޮންނާނެއެވެ. މި އިމްތިޙާނުގެ ނަތީޖާ 2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ފަހުން ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- 2016 ޑިސެންބަރު 19 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 ގައި އިނގިރޭސި (2 ގަޑިއިރު)
- 2016 ޑިސެންބަރު 19 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2.00 ގައި ހިސާބު (2 ގަޑިއިރު)