މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ: މަހަކު -/9,000 ރުފިޔާ

ޑެއިލީ އެލަވަންސް: މަހަކު -/6,000 ރުފިޔާ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 1

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކޮންމެ އަހަރަކު ތައްޔާރުކުރެވޭ މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި ސެކްޝަނުގެ ފަރާތުން ނިންމަންޖެހޭ ލިޔުންތައް ނިންމަންޖެހޭ މުއްދަތަށް ނިންމުން.

2. ހަވާލުކުރެވޭ މާކެޓްތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި، މި ކޯޕަރޭޝަނުގެ ފަރާތުން އިންތިޒާމު ކުރާ ޙަރަކާތް (ރޯޑްޝޯވްސް، ޕްރޮމޯޝަނަލް ފެއަރސް އަދި އެހެނިހެން އިވެންޓްތައް) ތަކުގައި ބައިވެރިވުމަށްޓަކައި މާކެޓިންގ ޑިޕާޓްމަންޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

3. ހަވާލުކުރެވޭ މާކެޓްތަކުގެ ފެމިލިއަރައިޒޭޝަން ޓްރިޕް ފަދަ ޕްރޮގްރާމްތައް ރާވައި އެ ޕްރޮގްރާމްތަކުގައި ބައިވެރިވާންޖެހޭ ޙާލަތްތަކުގައި ބައިވެރިވުން.

4. ހަވާލުކުރެވޭ މާކެޓްތަކާ ގުޅޭގޮތުން މާކެޓް ރިޕޯޓުތައް ތައްޔާރުކުރުން.

5. ހަވާލުކުރެވިފައިވާ މާކެޓްތަކުގެ މީޑިއާގައި ރާއްޖެއާ ބެހޭގޮތުން ކަވަރުކުރާ އާޓިކަލްތައް އެ މާކެޓެއްގައި މަސައްކަތްކުރާ ޕީ.އާރު ކުންފުންޏެއްގެ އެހީގައި މޮނިޓަރކުރުން.

6. ޕީ.އާރު ފާމްތަކުގެ ރިޕޯޓްތައް ކޮންމެ މަހަކު ދިރާސާކޮށް ރިޕޯޓު ތައްޔާރުކުރުން.

7. ހަވާލުކުރެވޭ މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިމާވާ މައްސަލަތައް ދިރާސާކޮށް، ރިޕޯޓު ތައްޔާރުކުރުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

:ހުށަހަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މި ބައިގައި މާކްސް ދެވޭނީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

 :އިތުރު މަޢުލޫމާތު

  • މި މަޤާމަށް މީހުން ހޮވުމުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމަށް މީހުން ހޮވުމުގައި ދިވެހިބަހާއި އިނގިރޭސިބަހުގެ އިތުރުން އެހެން ބަސްތަކުން ލިޔަން ކިޔަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނަށެވެ.
  • މި މަޤާމަށް އިންޓަވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 5 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓުކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ޙާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

5 ރަބީޢުލްއައްވަލް 1438

 
 

 

 

 

04 ޑިސެންބަރު 2016
ހޯދާ