ދިވެހިރާއްޖެ
މި ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަުގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު (IUL)197-A1/1/2016/32 (27 އެޕްރީލް 2016) އިޢުލާނު ބާޠިލުކޮށް، މި މަޤާމަށް އަލުން އިޢުލާނު ކުރަމެވެ.
ވަޒީފާގެ ފުރުޞަތު |
||
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް |
|
GS 3 |
ރޭންކް |
|
02 |
ޢަދަދު |
|
ސުޕްރީމް ކޯޓު |
މަސައްކަތްކުރަންޖެހޭ ތަން |
|
މަހަކު -/4465 ރުފިޔާ |
އަސާސީ މުސާރަ |
|
މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް މަހަކު -/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް މަހަކު -/3000 (ތިންހާސް) ރުފިޔާ، އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސްތައް. |
މި މަޤާމަށް ލިބޭ އެލަވަންސް |
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު ، GS 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި، ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން. |
އަސާސީ ޝަރުޠު |
|
1- ކޯޓަށް އަންނަ ލިޔެކިޔުންތައް އެންޓްރީކޮށް ސްކޭން ކުރުމަށްފަހު، ސެކްޝަންތަކާ ހަމައަށް ފޯރުކޮށްދިނުން. 2- ސެކްޝަންތަކުން ޑިސްޕެޗްކުރުމަށް ގެންނަ ތަކެތި ޖެމްސް އިން ނަންބަރުޖަހައި ޑިސްޕެޗް ކުރުން. އަދި ޕޯސްޓްކުރުމަށް ގެންނަ ތަކެތި ޕޯސްޓް ކުރުމަށް ފޮނުވުން. 3- ކޯޓަށް އަންނަ އެކި ފޯނުކޯލުތަކަށް ޖަވާބުދާރީވުމާއި، ކައުންޓަރަށް އެކި ކަންކަމުގައި އަންނަ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން. 4- ކައުންޓަރުގައި ގެންގުޅޭ އެކިއެކި ފޮތްތަކާއި ރެކޯޑުތައް ބެލެހެއްޓުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
1- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. 2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (މި ސެޓުފިކެޓުތަކާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް) |
ހުށަހަޅަންޖެހޭ ތަކެތި |
|
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ފޮނުއްވުން އެދެމެވެ. |
ސުންގަޑި |
|
1- މި މަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 2- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. 3- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 4- މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓުގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ. މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 14 ޑިސެންބަރު 2016 އިން ފެށިގެންނެވެ. |
އިތުރު މަޢުލޫމާތު |