ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް ކުނި ރީސައިކަލް ކުރާނެ ތަނެއް އިމާރާތްކުރާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް ކުނި ރީސައިކަލް ކުރާނެ ތަނެއް އިމާރާތްކުރާނެ ފަރާތެއް ހޯދުން:

މި ކޯޕަރޭޝަންގެ ދަށުން ހިންގަމުންގެންދާ ތިލަފުށީ ސައިޓުގައި ކުނި ރީސައިކަލް ކުރާނެ ތަނެއް (5000 އަކަފޫޓުގެ ތަނެއް) އިމާރާތްކުރާނޭ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 06 ން 2016 ޑިސެންބަރު 13 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 14:00 އާ ދެމެދު ރަޖިސްޓްރީ ފީއަށްވާ -/500 (ފަސް ސަތޭކަ) ރުފިޔާ ދައްކަވައި ރަޖިސްޓަރީ ކުރެއްވުމަށްފަހު، ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް (މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މަޢުލޫމާތު ކަރުދާހާ އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގެންނެވޭނީ ބީލަމުގައި ރަޖިސްޓަރީކުރައްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

ދުވަސް

ގަޑި

ފީ

ބީލަމުގައި ރަޖިސްޓަރީ ކުރުން

2016 ޑިސެންބަރު 07 އިން 2016 ޑިސެންބަރު 13 އަށް

09:00 އިން 14:00 އަށް

-/500 ރުފިޔާ (ރިފަންޑް ނުކުރެވޭ)

މަޢުލޫމާތު ސާފުކުރުން

14 ޑިސެންބަރު 2016 (ބުދަ)

11:00 (ހެނދުނު)

-

ބީލަން ހުށަހެޅުން

21 ޑިސެންބަރު 2016 (ބުދަ)

11:00 (ހެނދުނު)

-

 

 

 

 

 

2016 ޑިސެންބަރު 21 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުށަހަޅުއްވާއިރު ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ.

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން ނުވަތަ ތިރީގައިވާ އީމެއިލްއަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ ، މަޖީދީމަގު

ޕޯސްޓަލްކޯޑް:20161

މާލެ، ދިވެހިރާއްޖެ.

ފޯން ނަންބަރު: 3000581  

އީމެއިލް: [email protected]

02 ރަބީޢުލްއައްވަލް 1438

 

01 ޑިސެންބަރު 2016
ހޯދާ