ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން.

މި މަދަރުސާގެ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުން ބޭނުންކުރާ އެކްޓިވިޓީ ޔުނިފޯމު (މަދަރުސާއިން ދޭ ނަމުނާއާ އެއްގޮތަށް) ކުރިއަށް އޮތް 3 އަހަރުދުވަހަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ، ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ވިޔަފާރިތަކަށެވެ.

  • 356  ޓީޝާޓް (އަތްކުރު)
  • 204  ޓީޝާޓް (އަތްދިގު)
  • 571  ޓްރެކްޝޫޓް

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 6 ވަނަ ދުވަހުގެ 11:00 ގައި ހއ. އަތޮޅު މަދަރުސާގެ އޮފީހުގައި

2016 ޑިސެންބަރު 18 ވަނަ ދުވަހުގެ 11:00 ގައި ހއ. އަތޮޅު މަދަރުސާގެ އޮފީހުގައި

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ލިޔުމަކާއި، މަޢުލޫމާތު ސާފުކުރައްވާ ފަރާތާއި، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޞައްޙަ ކޮޕީއާއި، ކުންފުނި/ ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީ ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަކާ ނުލައި ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

28 ޞަފަރު 1438

28 ނޮވެންބަރު 2016
ހޯދާ