ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އައުޓްލައިން ލިޔެދެއްވާނެ ފަރާތްތައް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިފެކަލްޓީން ޖަނަވަރީ 2017ގައި ފެށުމަށް ހަމަޖެހިފައިވާ ބެޗެލަރ އޮފް އެޑިޔުކޭޝަން (ހެލްތު، ފިޒިކަލް އެޑިޔުކޭޝަން އެންޑް ކުރިއޭޓިވް އާޓްސް) ކޯހުގައި ކިޔަވައިދިނުމަށް ތިރީގައި މިދަންނަވާ ތިން މާއްދާގެ އައުޓްލައިން ލިޔެދެއްވާނެ ފަރާތްތައް ހޯދަން ބޭނުންވެގެން މުވައްޒަފުންގެ ތެރޭގައި ކުރެވުނު ނަންބަރު: 153-FE/2016/12 (10 ނޮވެންބަރު 2016) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަނުދެއްވާތީ އެ އިޢުލާން ބާޠިލުކޮށް، މިމަސައްކަތަށް އަލުން އިޢުލާން ކުރަމެވެ.

  • މިއުޒިކް ތިއަރީ އެންޑް ޕްރެކްޓިސް
  • ޕްރެކްޓިކަލް މިއުޒިޝިއަން
  • ދަ މިއުޒިކް ޓީޗަރސް އެސިސްޓެންޓް

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މި ފެކަލްޓީއަށް ވަނަވަރާއި ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ. މިކަމަށް ބަލައިގަނެވޭނީ، މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ހާޒިރުވެ މަޢުލޫމާތު ސާފުކުރާ ފަރާތްތަކުގެ ޕްރޮޕޯޒަލްތަކެވެ.

27 ޞަފަރު 1438

27 ނޮވެންބަރު 2016
ހޯދާ