ދިވެހިރާއްޖެ
އިޢުލާން
މި އިދާރާ އިން ލޯ ފާމެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު: (IUL)425-A2/2016/03 (14 ނޮވެންބަރު 2016) އިޢުލާނަށް އެކަށީގެންވާ ވަރަށް ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަހު އަގު ހުށަހެޅުއްވުން އެދެމެވެ.
މާލޭ ސިޓީ ކައުންސިލަށް ލީގަލް އެޑްވައިޒް ދިނުމާއި ކޯޓުތަކުގައި ވަކާލާތުކުރާނެ ލޯ ފާރމެއް ހޯދުން.
މާލޭ ސިޓީ ކައުންސިލަށް ޤާނޫނީ ލިޔުންތައް ތައްޔާރު ކޮށްދިނުމާއި، އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، މާލޭ ސިޓީކައުންސިލުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލުގެ ފަރާތުން ވަކާލާތުކޮށްދޭނެ ލޯ ފާމެއް ހޯދަން ބޭނުންވެއެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
ތަން |
އަންދާސީހިސާބު ހުށަހެޅުން |
15 ޑިސެންބަރު 2016 |
ބުރާސްފަތި |
11:00 |
މާލޭ ސިޓީކައުންސިލް އިދާރާގެ (މާފަންނު އޮފީސް ހިންގި ޢިމާރާތް) |
އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މާލެ ސިޓީ ކައުންސިލުގެ އިދާރާ (ކުރީގެ މާފަންނު އަވަށު އޮފީސް/ ކަނބާ އައިސާރަނި ހިނގުން) އަށެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި މިކަމާ ގުޅޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
7797510 ޢަލީ ނަޞީރު ޤާސިމް / ލީގަލް އޮފިސަރ
ޤާނޫނީ ލަފާ ދިނުމަށާއި ކޯޓުތަކުގައި ވަކާލާތު ކުރުމަށް ލޯ ފާމެއް ހޯދުމާގުޅޭ މަޢުލޫމާތު
1 – މާލޭ ސިޓީ ކައުންސިލަށް ޤާނޫނި ލަފާދިނުން.
2 – ޤާނޫނީ ލިޔުންތައް (އެއްބަސްވުން) ތައްޔާރުކޮށްދިނުން.
3 – އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާ މެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުން.
4- މާލޭ ސިޓީ ކައުންސިލުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލުގެ ފަރާތުން ވަކާލާތު ކުރުން. އަދި މިނޫންވެސް ގޮތަކުން ޤާނޫނީގޮތުން ކުރަންޖެހޭ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ކޮށްދިނުން.
5- މަސައްކަތް ހަވާލުކުރެވޭނީ 1 އަހަރުދުވަހުގެ މުއްދަތަށެވެ.
6 – އަގު ހުށަހަޅުއްވާނީ މަހަކު 36 ގަޑިއިރު މި މަސައްކަތް ކުރެވޭނެ (ޖީ.އެސް.ޓީ ހިމެނޭގޮތަށް) ޖުމުލަ އަގެވެ.
7 – 36 ގަޑިއިރުގެ އިތުރަށް މަސައްކަތް ކުރާނަމަ، ގަޑިއިރަކަށް މަސައްކަތް ކުރެވޭނެ އަގު ވެސް ހުށަހަޅުއްވަންވާނެއެވެ.
8 – އަންދާސީހިސާބު ހުށަހަޅުއްވާއިރު ލޯފާމުގެ ޕްރޮފައިލް ހުށަހަޅުއްވަންވާނެއެވެ.
9 – މަސައްކަތް ހަވާލުކުރެވޭނީ ތިރީގައިވާ އުސޫލުން ޕޮއިންޓު ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓު ލިބޭ ފަރާތަކަށެވެ.
(ހ) އަގަށް: 50 ޕޮއިންޓް (އެކަށީގެންވާ ކުޑަ އަގެއް ހުށަހަޅުއްވާ ފަރާތްތަކަށް)
* 36 ގަޑިއިރު މަސައްކަތް ކުރެވޭނެ އަގު 40 ޕޮއިންޓް
* އިތުރުގަޑީގެ ގަޑިއިރަކަށް 10 ޕޮއިންޓް
(ށ) ތަޖުރިބާ 30 ޕޮއިންޓް
(ނ) މި އިދާރާއަށް ވަގުތުދެވޭ މިންވަރަށް 15 ޕޮއިންޓް
(ރ) ޕްރޮޕޯޒަލް 5 ޕޮއިންޓް
10- އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި (މި ލިޔުންތައް ހުށަނާޅުއްވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.)
- ލޯފާމުގެ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ އަސްލާ އެއްގޮތް ކޮޕީ
- ލޯފާމުގެ ރަޖިސްޓްރޭޝަނުގެ އަސްލާ އެއްގޮތް ކޮޕީ
- ލޯފާމުގެ އަހަރީ ފީ ދައްކާކަމުގެ ލިޔުން
- ވަކީލުންގެ ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، އަދި ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ
11 – މަތީގައި (10 ވަނަ ޕޮއިންޓުގައި) ބަޔާންކޮށްފައިވާ ލިޔުންތައް އަންދާސީހިސާބުގައި ހިމެނިފައި ނުވާނަމަ، އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި ޕޮއިންޓު ދިނުމަށް ބޭނުންވާ އެއްވެސް މަޢުލޫމާތެއް ފުރިހަމަ ނުވާނަމަ، އެބަޔަކަށް ޕޮއިންޓެއް ނުލިބޭނެއެވެ.
12 – އަންދާސީހިސާބު ހުށަހަޅަންޖެހޭ ސުންގަޑީގެ ފަހުން، އަންދާސީހިސާބަށް ބަދަލު ގެނައުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
މާލެ،
ދިވެހިރާއްޖެ.
އަގުހުށަހަޅާ ފޯމު
ޤާނޫނީ ލަފާ ދިނުމަށާއި ކޯޓްތަކުގައި ވަކާލާތުކުރުމަށް ލޯ ފާމެއް ހޯދުން
425-A2/1/2016/ (IUL) ނަންބަރު އިޢުލާނާ ގުޅޭ
ލޯ ފާމެއް ކުއްޔަށް ދޫކުރުމަށް އެދި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު:
ފުރިހަމަ ނަން: |
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު: |
ދާއިމީ އެޑްރެސް: |
މިހާރުގެ އެޑްރެސް: |
މޮބައިލް ނަންބަރު: |
ލޯ ފާމެއް ކުއްޔަށް ދޫކުރުމަށް އެދި ހުށަހަޅާ ކުންފުނީގެ މަޢުލޫމާތު:
ކުންފުނީގެ ނަން: |
ކުންފުނީގެ ރަޖިސްޓަރީގެ ނަންބަރު: ރަޖިސްޓަރީކުރި ތާރީޚު: |
ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ: |
މިހާރުގެ އެޑްރެސް: |
ފޯން ނަންބަރު: ފެކްސް ނަންބަރު: |
އަގު
ހުށަހެޅި ފަރާތް |
36 ގަޑިއިރު މަސައްކަތް ކުރެވޭނެ އަގު (ޖީ.އެސް.ޓީ އާއެކު) |
އިތުރުގަޑީގެ ގަޑިއިރަކަށް މަސައްކަތް ކުރެވޭނެ އަގު (ޖީ.އެސް.ޓީ އާއެކު) |
1 |
|
|
މި އިދާރާއަށް ވަގުތު ދެވޭނެ މިންވަރަކީ (ދުވާލަކަށް)............... ގަޑިއިރެވެ.
ސޮއި:
ނަން:
ތާރީޚު:
ކުންފުނީގެ ތައްގަނޑު:
ބިޑް ސިޓީއުރަ ކެނޑުން އޮންނާނީ ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 ގައެވެ.
ކަނޑައެޅިފައިވާ ގަޑިއަށް ބިޑު ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
7797510 (ޢަލީ ނަޞީރު ޤާސިމް/ ލީގަލް އޮފިސަރ)
29 ޞަފަރު 1438