ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވޯކްވޭއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި މަދަރުސާގެ ސްކޫލުގެ ގޯތިތެރޭގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި މަދަރުސާގެ ނަންބަރު: GS 33/2016/33 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، ސްކޫލުގެ ގޯތިތެރޭގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

 2016 ޑިސެންބަރު 7 ވަނަ ދުވަހުގެ 13:30 އަށް ސްކޫލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުން.

12 ޑިސެންބަރު 12 ވަނަ ދުވަހުގެ 13:30 އަށް ސްކޫލުގެ އޮފީހަށް ވަޑައިގެން  އަންދާސީހިސާބު ހުށަހެޅުން.

އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ފޮނުއްވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުއްވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެން ފަރާތެއްގެ ނަމުގައި ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމުގަޔާއި އަންދާސީހިސާބު ހުށަހެޅުއްވުމުގައި، ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތަކަށް އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: ފޯން ނަންބަރު 6600034 ނުވަތަ 9659595
01 ޑިސެންބަރު 2016
ހޯދާ