ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލުގެ ވަށާފާރު އުސްކުރުމާއި، ގުދަނެއް ޢިމާރާތްކުރުން

ސްކޫލުގެ ވަށާފާރު އުސްކުރުމާއި، ގުދަނެއް ޢިމާރާތް ކުރުން

މި ސްކޫލުގެ ވަށާފާރުން ހަފޫޓަށް އުސްނުކޮށް ހުރި ބައި (ގާތްގަނޑަކަށް 350 ފޫޓު ދިގު ސަރަޙައްދެއް) ހަފޫޓަށް އުސްކުރަން ބޭނުންވެގެން ކުރެވުނު ނަންބަރު GS135/IUL/2016/18 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށްފީމެވެ

ވީމާ، މިދަންނަވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބާއެކު މި ސްކޫލަށް ހާޒިރުވުން އެދެމެވެ.

- ސްކޫލުގެ ވަށާފާރުން 6 ފޫޓަށް އުސްނުކުރެވި ހުރި ބައި (ގާތްގަނޑަކަށް 350 ފޫޓު ދިގު ސަރަޙައްދެއް) ހަފޫޓަށް އުސްކުރުން.

- ސްކޫލުގެ ގޯތިތެރޭގައި ގުދަނެއް ޢިމާރާތް ކުރުން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

މައުލޫމާތު ދިނުމުގެ ސެޝަން

 2016 ޑިސެންބަރު 13 ވަނަ ދުވަހުގެ 13:00

 2016 ޑިސެންބަރު 4 ވަނަ ދުވަހުގެ 13:00

މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް އަންދާސީހިސާބު ހުށަހަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާއިރު ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6600020 ފޯނަށް ގުޅުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                               

28 ނޮވެންބަރު 2016
ހޯދާ