މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ލޯކަލް މާރުކޭޓުތަކާއި ލޯކަލް މާރުކޭޓުތައް ހިމެނޭ ސަރަހައްދުތަކުގައި ވިޔަފާރިކުރަން ބިދޭސީން ތިބޭ މައްސަލައާ ގުޅޭގޮތުން ބައްދަލުކޮށްމަޝްވަރާކުރުން

އިޢުލާން

ލޯކަލް މާރުކޭޓުތަކާއި ލޯކަލް މާރުކޭޓުތައް ހިމެނޭ ސަރަހައްދުތަކުގައި ވިޔަފާރިކުރަން ބިދޭސީން ތިބޭ މައްސަލައާ ގުޅޭގޮތުން ބައްދަލުކޮށް މަޝްވަރާކުރުން:

ދިވެހިރާއްޖޭގައި އުފައްދާ ދިވެހި އުފެއްދުންތައް ވިއްކުމުގައި ލޯކަލް މާރުކޭޓުތަކާއި ލޯކަލް މާރުކޭޓުތައް ހިމެނޭ ސަރަހައްދުތަކުގައި ބިދޭސީން ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމާއި، ބިދޭސީން އިސްވެތިބެ ދިވެހި އުފެއްދުންތައް ވިއްކުމުގެ ކޮންޓްރޯލް ހޯދަމުން އަންނަ ކަމުގެ ޝަކުވާތައް މި މިނިސްޓްރީއަށް އަންނަނީ ލިބެމުންނެވެ. އަދި މި މިނިސްޓްރީން ބެލިބެލުމުގައި، ޚާއްޞަކޮށް ލޯކަލް މާރުކޭޓް ގޮޅިތަކުގައި މިކަން މިގޮތަށް ހިނގަމުންދާކަން ފާހަގަކުރެވެއެވެ.

ވީމާ، މިދެންނެވި މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ލޯކަލް މަރުކޭޓުތަކާއި، ލޯކަލް މަރުކޭޓުތައް ހިމެނޭ ސަރަހައްދުތަކުގައި ދިވެހި އުފެއްދުންތަކުގެ ވިޔަފާރިކުރަމުންދާ ވިޔަފާރިވެރިންނާއި ބައްދަލުކޮށް މަޝްވަރާކުރުމަށް ބޭނުންވާތީ 2016 ޑިސެންބަރު 06 ވާ އަންގާރަ ދުވަހުގެ ރޭ 08:30 އަށް އިސްކަންދަރު ސްކޫލަށް ވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ. 

29 ޞަފަރު 1438

29 ނޮވެންބަރު 2016
ހޯދާ