މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މާފުށީ ޖަލުގެ މެޑިކަލް ޕޯސްޓް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މާފުށީޖަލުގެ މެޑިކަލް ޕޯސްޓް އިމާރަތްކުރާނެ ފަރާތެއް ހޯދުމަށް:

މި ސަރވިސްގެ ނަންބަރު: (IUL)167-PR/1/2016/40 އިޢުލާނާ ގުޅިގެން މެޑިކަލް ޕޯސްޓް އެޅުމަށް ހަވާލުކުރި ފަރާތަށް އެ މަސައްކަތް ކުރިޔަށް ގެންދެވޭ ގޮތް ނުވުމުން މި މަސައްކަތް ކޮށްދޭނެ އެހެން ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

08 ޑިސެންބަރު 2016

ބުރާސްފަތި

14:00  

އަންދާސީހިސާބު ހުށަހެޅުން

15 ޑިސެންބަރު 2016

ބުރާސްފަތި

14:00  

29 ޞަފަރު 1438

01 ޑިސެންބަރު 2016
ހޯދާ