ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެސިސްޓެންޓް ލީގަލް އޮފިސަރ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
މަޤާމުގެ ރޭންކް: |
އެލް. އެސް. 2 |
||
ސެކްޝަން/ޔުނިޓް: |
ޝަރުޢީ ސެކްޝަން |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ޑްރަގް ކޯޓު، މާލެ |
||
އަސާސީ މުސާރަ: |
މަހަކު -/9،412 ރުފިޔާ |
||
އެލަވަންސް: |
- ސަރވިސް އެލަވަންސް: މަހަކު -/3,000 ރުފިޔާ (ތިންހާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %55 (މަހަކު) - ލިވިންގ އެލަވަންސް: މަހަކު -/2,700 ރުފިޔާ (ދެހާސް ހަތްސަތޭކަ ރުފިޔާ) - ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
||
އަސާސީ ޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
1- ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ، ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކެއްކަން ކަށަވަރުކޮށް، އެ މައްސަލަތައް ބަލައިގަނެ ރަޖިސްޓްރީކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ރަޖިސްޓްރަރއަށް އެހީތެރިކަން ފޯރުކޮށްދިނުން. 2- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައި ރަޖިސްޓްރަރގެ އިރުޝާދުގެ ދަށުން ފިޔަވަޅުއެޅުން. 3- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުން. 4- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކަށް ގެންނަންފެންނަ ބަދަލުތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓްތައްޔާރުކުރުމާއި ޤާނޫނުތަކާއި ގަވާއިދުތަކަށް ގެނެވޭ އިޞްލާޙްތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް ކޯޓުގެ އިސް ޤާޟީގެ މަޝްވަރާގެމަތިން ކުރުން. 5- ކޯޓުން ނެރޭ ސަރކިއުލަރ އާންމު ސިޓީ ފަދަ ލިޔުންތައް ޑްރާފްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފޮނުވުން. 6- ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޑްރަގް ކޯޓާ ގުޅޭ ޝަރުޢީ މުހިންމު ނިންމުންތައް ދިރާސާކޮށް ހޯދައި، ޤާޟީންނަށް އެރުވުން. 7- ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޑްރާފްޓްކުރުން. 8- ކޯޓުން ހަދާ ގަވާއިދުތަކާއި އުސޫލުތައް ޑްރާފްޓްކޮށް އެކުލަވައިލުމުގެ މަސައްކަތް ކުރުން. 9- ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން. 10- މައްސަލަތައް ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން. 11- މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމާއި ޤާޟީންނަށް އެހީތެރިވެދިނުން. 12- ޤާޟީންގެ ލަފަޔާއި މަޝްވަރާގެމަތިން ސެކްޝަންތަކުގެ މަސައްކަތްތައް ވިލަރެސްކުރުން. |
||
މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން: |
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަ ފަރާތަކަށްވުން. - ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން. |
||
ހުށަހަޅަންޖެހޭ ތަކެތި:
|
1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު (މި ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ www.drugcourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ސެޓުފިކެޓުތަކުގެ ޓްރާންސްކްރިޕްޓް 5- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. |
||
ސުންގަޑި: |
2016 ޑިސެންބަރު 14 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ޑްރަގް ކޯޓަށް ހުށަހެޅުން އެދެމެވެ. |
||
އިންޓަވިއު: |
މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ. |
||
އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: |
ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު. |
||
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި ކޯޓުގެ 3018556 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
||
2 ރަބީޢުލްއައްޥަލް 1438 |